ސިޔާސަތު ކަނޑައެޅުމުގައި އަންހެނުން ބައިވެރި ކުރަންޖެހޭ ކަމަށް ހުޅުމާލެ ދާއިރާގެ ރައްޔިތުންގެ މަޖިލީސްގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

އަލީ ނިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އަންހެނުންނަކީ ހަމައެކަނި ރަށަށް ޒިޔާރަތްކުރާ މީހުނަނަށް ސައިހަދާ، މާފަތި އަޅުވައި، ގޭދޮށް ކުނިކަހަން ތިބޭ ބައެެއްގެ ގޮތުގައި ދެކޭ ބޯދާ ނާތަހުޒީބު ވިސްނުން ދޫކޮށްލަން ޖެހޭ ކަމަށާއި ސިޔާސަތު ކަނޑައެޅުމުގައިވެސް އަންހެނުން ބައިވެރި ކުރަންޖެހޭނެކަމަށެވެ.

އަލީ ނިޔާޒު މިހެން ވިދާޅުވެފައި ވާއިރު ދާދި ފަހުން ވަނީ ކައުންސިލްތަކުގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަ ކުރުމަށް ގާނޫނަށް އިސްލާހު ގެނައުމުށް ހުށައެޅި ބިލް މަޖިލީހުން ފާސްކޮށްފައެވެ. މިބިލް ފާސް ކުރެވުމާއި ގުޅިގެން ކައުންސިލްތަކުގައި އަންހެނުންގެ ދައުރު އޮންނާނެ ގޮތް އިލެކްޝަނުން މިހާރު ވަނީ ކަނޑައަޅާފައެވެ. އެގޮތުން މާލޭ ސިޓީ ކައުންސިލްގައި އަންހެނުންނަށް ހާއްސަ ހަ ގޮނޑި ހިމެނެއެވެ. އައްޑޫ ސިޓީ ކައުންސިލުން އަންހެނުންނަށް ހާއްސަ ހަތަރު ގޮނޑި ހިމެނޭއިރު ފުވައްމުލަކު ސިޓީ ކައުންސިލުން އަންހެނުންނަށް ހާއްސަ ދެ ގޮނޑި ހިމެނެއެވެ.

އަލީ ނިޔާޒު މިމޭރުމުން ވާހަކަފުޅު ދައްކަވާފައި ވާއިރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ މި ބިލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. ޤާސިމް ވިދާޅުވީ އަންހެނުން ބާރުވެރިކުރުވަން ޖެހޭނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާ އެއްގޮތަށް ގާނޫނެއް ހަދައިގެން ނޫންކަމަށެވެ.

ނަމަވެސް މިއަދުގެ ސަރުކާރުން އަންހެނުންބާރުވެރި ކުރުވުމަށްޓަކައި ގިނަ މަސަތްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ. އެގޮތުން ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގައި ގިނަ އަންހެން ވަޒީރުން ތިއްބެވިކަންވެސް ފާހަގަކުރެވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.