ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއްގައި ފުލުހަކު ހައްޔަރު ކުރީ އެއް ޖިންސުން ގުޅުން ހިންގަން ތިއްބާ ކަމުގެ އަޑުތަކެއް ފެތުރެން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވެނީ 42 އަހަރުގެ ފުލުހެއްގެ މައްޗަށް ކަމަށެވެ. ދެން މި މައްސަލައިގައި ހިމެނެނީ 18 އަހަރުގެ ފިރިހެނެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންނަށް އާއްމު ފަރާތަކުން ކުރި ރިޕޯޓަކާއި ގުޅިގެން ފުލުހުން އެމީހުން ތިބި ތަނަށް ވަންއިރު ތިބީ އެއްޖިންސުން ގުޅުން ހިންގާށެވެ.

އަދި އެ ދެ މީހުންގެ މެދުގައި ގާތް ގުޅުމެއް އޮންނަތާ ދުވަސްތަކެއް ވެފައިވާއިރު، ދެ މީހުން ވަރަށް ގިނައިން ބައްދަލުކޮށް ހަދާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ރޭ ފުލުސް މީހާ ހައްޔަރު ކުރިއިރު ޒުވާނާ ވެސް ހައްޔަރު ކުރިއެވެ. 

މި މައްސަލައިގައި ހިމެނޭ ފުލުސް މީހާ މީގެ ކުރިން އަތޮޅު ތެރޭގެ ރަށެއްގައި މަސައްކަތް ކުރިއިރު ވެސް ބަރަހަނާ ވީޑިއޯތަކެއް އޭނާގެ ފޯނުން ފެނުނު މައްސަލައެއް ފުލުހުން ތަޙްޤީޤުކޮށް ރިޕޯޓެއް އެކުލަވާލިއެވެ

ފުލުހުން އަންނަނީ އެ ފުލުސް މީހާގެ ޖިނާއީ ތަހުގީގެއް ހިންގަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.