(2019) ހުޅުމާލެ ހޮސްޕިޓަލުގައި މެމޯގްރަފީގެ ޚިދުމަތް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިފްތިތާޙް ކޮށްދެއްވުން

ކެންސަރު ބަލީގެ ޤައުމީ ދަފްތަރެއް އެކުލަވާލެވި ކެންސަރު ބަލި ކޮންޓްރޯލް ކުރުމަށް ޤައުމީ ފެންވަރެއްގައި މަސައްކަތް ކުރުމަށް "ނެޝަނަލް ކެންސަރ ކޮންޓްރޯލް ޕްލޭން" އެކުލަވާލަމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހާއި ގުޅިގެން އެޗްޕީއޭ އިން ނެރުނު ބަޔާނުގައި ވަނީ ރާއްޖޭގައި ކެންސަރުޖެހޭ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދިއުމާއި ގުޅިގެން އެ އަދަދު މަދުކުރުމަށް ކަމާގުޅުންހުރި އިދާރާތަކާއި މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކާއެކު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެގޮތުން "ނެޝަނަލް ކެންސަރ ކޮންޓްރޯލް ޕްލޭން" އެކުލަވާލަމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކޮށް  އެޗްޕީއޭ އިން ބުނީ އެ ނޫނަސް އެކި ވައްތަރުގެ ކެންސަރު ބައްޔަށް ސްކްރީން ކުރުމުގެ ޕްރޮގްރާމްތައް އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ކަމަށެވެ.

ކެންސަރު ބަލީގެ ދުވަސް ފާހަގަ ކުރުމުގެ މަޤްޞަދަކީ ކެންސަރު ބައްޔާމެދު މީހުންގެ ހޭލުންތެރިކަން އިތުރުކުރުމެވެ. އަދި ބައްޔަށް ހުށައެޅޭ ކަންތައްތަކާއި ދުރުހެލިވުމަށް ބާރުއަޅައި އަދި ޤައުމުތަކުންނާއި މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އެއްބާރުލުމާއި ބައިވެރިވުމާއެކު މިކަމަށް ކުރެވޭ މަސައްކަތްތަކުގެ އެހީގައި ކެންސަރު ބަލިން މަރުވާ މީހުންގެ އަދަދު މަދުކުރުމުވެ. މި އަހަރަށް ކަނޑަ އަޅާފައިވާ ޝިޢާރަކީ "I am and I will" އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.