Srilanka President
ރައީސް ލަންކާ އަށް ކުރެއްވި ދަތުރުފުޅެއްގައި އެ ގައުމުގެ ބޮޑުވަޒިީރު މަހިންދަ ރާޖަޕަކްސަ ފޮޓޯ: ރައީސް އޮފީސް

ލަންކާގެ 73 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ނައިބް ރައީސް ފައިސަލް ނަސީމް މިއަދު ފޮނުއްވައިފިއެވެ.

ލަންކާގެ ބޮޑު ވަޒީރު ގޮތަބަޔާ ރާޖަޕަކްސަގެ އިތުރުން ރައީސް މަހިންދަ ރާޖަޕަކްސާ ޓެގް ކުރައްވާ ތަހުނިޔާ ފޮނުއްވަމުން ރައީސް ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވަނީ ލަންކާގެ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވާފައެވެ.

އަދި ރާއްޖެއާ ލަންކާއާ އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ އުއްމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. ލަންކާއާ ރާއްޖެއާ އޮންނަ އެކުވެރި ގުޅުން ރައީސް ސިފަކުރެއްވީ ދެ ބެއިންގެ ދެ ދަރިއެއް ފަދައިންނެވެ.

ލަންކާ އަށް ތަހުނިޔާ ފޮނުއްވަމުން މަޖިލީހުގެ ރައީސް ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވީ، ލަންކާ އަކީ ދެކުނު އޭޝިޔާގެ ގައުމުތަކުގެ ތެރެއިން މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ އެއް ގައުމު ކަމަށެވެ.

ނައިބް ރައީސް ފައިސަލް ނަސީމް ކުރެއްވި ޓްވިޓާގައި އެމަނިކުފާނުވެސް ވަނީ އެ ގައުމުގެ ރައްޔިތުންނަށް ތަހުނިޔާއާ މުބާރަކުބާދީ އަރިސް ކޮށްފައެވެ.

އިނގިރޭސީންގެ އަތް ދަށުން ސްރީލަންކާ އަށް މިނިވަންކަން ލިބިފައިވަނީ 1948 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހުއެވެ. ކޮންމެ އަހަރެއްގެވެސް މިނިވަން ދުވަސް ލަންކާގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރާއިރު އެ ދުވަހަކީ އެ ގައުމަށްޓަކައި ގުރުބާންވި ބަތަލުންގެ ހަނދާންތައް އާކުރާ ދުވަހެކެވެ.

 

 

 

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.