ފުލުހުންގެ އޮޕަރޭޝަންތަކުގައި ގެންގުޅޭ "ފާރަ ގެމަ" ކޭނައިން ސްކުއަޑްގައި ހިމެނޭ ކުއްތާތަކަށް ކިޔާ ނަންތައް ފުލުހުން ހާމަކޮށްފިއެވެ.

ޓްވިޓާގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެމުން، ފުލުހުންގެ ރަސްމީ ޓްވިޓާ އެކައުންޓުން ވަނީ ހަތަރު ކުއްތާގެ ފޮޓޮއާއެކު އެތަކެތީގެ ނަންތައް ހާމަކޮށް ޓްވީޓެއް ކޮށްފަ އެވެ.

ހަތަރު ކުއްތާގެ ތެރޭގައި ހިމެނެނީ ކަޅު ކުލައިގެ ތިން ކުއްތާއާއި މަޑު މުށިކުލައެއްގެ ކުއްތާއެވެ.

ތިން ކަޅު ކުއްތާގެ ނަމަކީ ބްލެކީ، ސޭމް އަދި ތާރާއެވެ. މުށިކުލައިގެ ގޯލްޑަން ރިޓްރީވާ ކުއްތާއަށް ކިޔަނީ ޝަކީރާ ކަަމަށް ފުލުހުން ބުނެ އެވެ.

ފުލުހުންގެ މުއައްސަސާގައި ބޭނުންކުރަން ކުއްތާ ރާއްޖެ ގެނެސްފައިވަނީ 2015 ވަނަ އަހަރުގެ ތެރޭގައެވެ.

ފުލުހުން ކުއްތާ ބޭނުންކުރަމުންދަނީ ގޮވާތަކެތި ހޯދުމަށާއި އަދި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.