ބޮލީވުޑްގެ ތަރި ޝްރައްދާ ކަޕޫރާއި ފޮޓޯގްރާފަރ ރޯހަން ޝްރަސްތާ އާ ކައިވެނި ކުރަން އުޅޭ ކަމުގެ އަޑުތަކެއް ދާދިފަހުން ވަނީ ފެތުރެން ފަށާފައެވެ.
ޝްރައްދާ އާ ރޯހަން ކައިވެނިކުރަން އުޅޭ ކަމުގެ އަޑު ފެތުރެން ފަށާފައިވަނީ މިދިޔަ މަހުގެ 24 ގައި ކައިވެނިކުރި ބޮލީވިޑްގެ ތަރި ވަރުން ދަވަން އާއި ނަތާޝާ ދަލާލް އަށް މަރުހަބާ ކިޔުމަށްފަހު ޕޯސްޓްކުރި ފޮޓޯއަށް ވަރުން ދިން ޖަވާބަށެވެ.
ވަރުން ބުނެފައިވަނީ އޭނާ އަކީ ނަސީބު ރަނގަޅު މީހެއް ކަމަށާއި ރޯހާންވެސް ކައިވެންޏަށް ތައްޔާރުކަމަށް އުންމީދުކުރާކަމަށެވެ.
ކޮންމެއަކަސް ބުދަ ދުވަހު ޕަޕަރާޒީން މި ވަނީ މުމްބާއީގެ ޗަރްބަތީ ޝިވާޖީ މަހާރާޖް އިންޓަނޭޝަނަލް އެއަރޕޯޓުގައި ޝްރައްދާއާ ކައިވެންޏާއި ގުޅޭ ގޮތުން ސުވާލު ކޮށްފައެވެ.
ޝްރައްދާ އާ ރޯހަންގެ ކައިވެނިކުރަން އުޅޭ ކަމުގެ އަޑު ފެތުރެން ފަށާފައިވަނީ މިދިޔަ މަހުގެ 24 ގައި ކައިވެނިކުރި ބޮލީވިޑްގެ ތަރި ވަރުން ދަވަން އާއި ނަތާޝާ ދަލާލް އަށް މަރުހަބާ ކިޔުމަށްފަހު ޕޯސްޓްކުރި ފޮޓޯއަށް ވަރުން ދިން ޖަވާބަށެވެ.
ވަރުން ބުނެފައިވަނީ އޭނާ އަކީ ނަސީބު ރަނގަޅު މީހެއް ކަމަށާއި ރޯހަންވެސް ކައިވެންޏަށް ތައްޔާރުކަމަށް އުންމީދުކުރާކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ޕަޕަރާޒީން ސުވާލު ކުރުމުން ޝްރައްދާގެ މޫނުގެ ކުލަވަރު ވަގުތުން ބަދަލުވެގެން ދިޔަ މަންޒަރު ފެނިގެން ދެއެވެ. ރަކިވެފައި ހުރެ މަރާތީ ބަހުން ޝްރައްދާ ބުނެފައިވަނީ "ކީކޭތަ ތި ކިޔަނީ؟" މިހެންނެވެ.
މީގެ ދުވަސްކޮޅެއް ކުރިން ޝްރައްދާގެ ކައިވެންޏާއި ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް އޭނާގެ ބައްޕަ ޝަކްތީ ކަޕޫރުވެސް ވަނީ ރައްދު ދީފައެވެ. އީޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ޝަކްތީ ބުނެފައިވަނީ ޝްރައްދާ ބޭނުން މީހަކާއި ކައިވެނި ކުރުމުގެ ހައްގު އެނާ އަށް އޮންނާނެ ކަމަށާއި ޝްރައްދާ އާއި ރޯހަން އާ ރައްޓެހިވެގެން އުޅޭކަން ޝަކްތީއަށް އެނގިފައި ނުވާ ކަމަށެވެ.
ހަމައެކަނި ރޯހަން ނޫން ކަމަށާއި ޝްރައްދާއަށް ކަމުދާ ކޮންމެ މީހަކާއި ވެސް ކައިވެނި ކުރަން ބޭނުންނަނަމަ ޝަކްތީގެ އެއްވެސް މައްސަލައެއް ނޯންނާނެ ކަމަށް ވެސް ބުންޏެވެ.
ޝަކްތީ އިތުރަށް ބުނެފައިވަނީ ރޯހަން އަކީ ވަރަށް ރަނގަޅު ކުއްޖެއް ކަމަށާއި އޭނާ އެގެއަށް ދާ ކަމަށެވެ. ރޯހަން އެގެއަށް ދަނީ މިހާރު އެކަނި ނޫން ކަމަށާއި ކުޑަ އިރުންފެށިގެންވެސް އެގެއަށް ރޯހަންދާ ކަމަށް ޝަކްތީ ވަނީ ބުނެފައެވެ.
ރޯހަން އާ ކައިވެނި ކުރަން އުޅޭ ވާހަކަ ޝްރައްދާ އޭނާގެ ގާތު ބުނެފައި ނުވާ ކަމަށް ޝަކްތީ ވަނީ ބުނެފައެވެ. ޝަކްތީއަށް އެނގޭ ގޮތުގައި އެދެމީހުންނަކީ ކުޑައިރުން ފެށިގެންވެސް ގާތް ދެ އެކުވެރިން ކަމަށާއި އެދެމީހުން ރައްޓެހިވެގެން އުޅޭކަން އެނގިފައި ނުވާ ކަމަށް ޝަކްތީ ވަނީ ބުނެފައެވެ.
މިދިޔަ އަހަރު ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި ކައިވެންޏާއި ގުޅޭގޮތުން ޝްރައްދާ ބުނެފައިވަނީ ފިލްމީ މަސައްކަތް ނޫން އިތުރު ކަމަކާއި ގުޅޭގޮތުން ވިސްނާނެ ވަގުތެއް އޭރު އޭނާގެ ނެތް ކަމަށެވެ.