ޕާކް ހަޔާތު މޯލްޑިވްސް ހަޑަހާ ރިސޯޓުގައި ސްނޯކްލިންގއަށް ގޮސް އުޅުނު ފަތުރުވެރިއަކު މަރުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، މަރުވެފައި ވަނީ ސްނޯކްލިންގ އަށް ގޮސް އުޅުނު އެމެރިކާ ގައި 62 އަހަރުގެ ފިރިހެނެއް ކަމަށާއި، އޭނާ މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުން ދަނިކޮށް ކަމަށެވެ.

ފުލުހުން ވިދާޅުވީ ފަތުރުވެރިއަކު ގެއްލިގެން މިއަދު މެންދުރު 13:50 ވާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، އެ މީހާގެ ހަށިގަނޑު މިހާރު ގއ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށާއި، މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންގެންދާ ކަަމަށެވެ.

ޕާކް ހަޔާތް ރިސޯޓުގައި ސްނޯކްލިންގއަށް ދިޔަ ފަތުރުވެރިއަކު މަރުވެފައި އޮއްވާ ފެނުނުއިރު، ފިހާޅޮހި އައިލެންޑް ރިސޯޓުގައި މޫދަށް އެރި އުޅުނު ޗައިނާ ފަތުރުވެރިއަކުވެސް މަރުވެފައި އޮއްވާ ވަނީ ފެނިފައެވެ. އަދި ލިލީ ބީޗް ރިސޯޓް ގައި މަސައްކަތް ކުރަމުންދާ މުވައްޒަފަކުވެސް މަރުވެފައި އޮއްވާ މިއަދު ވަނީ ފެނިފައެވެ. .

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.