މިއަހަރުގެ މިސް ޔުނިވާސްގެ މަގާމަށް މިސް ސައުތު އެފްރިކާ, ޒޮޒިބިނީ ޓުންޒީ ހޮވިއްޖެއެވެ.

ސުވިމް ސޫޓް ރައުންޑާއި އީވްނިން ގައުން ރައުންޑާއި އިޖުތިމާއީ ސުވާލުތަކާއި މިސް ޔުނިވާސްގެ މަގާމު ހައްގުވާކަން ސާބިތުކުރަން ލިބޭ ފަހު ފުރުސަތުން ޒޮޒިބިނީ އަށް މިއަހަރު ތާޖު ލިބުނީ އެތައް ގައުމެއްގެ ރީތީގެ ރާނީންނާ ވާދަކޮށްގެންނެވެ.

ޒޮޒިބިނީ ބުނީ، އޭނާގެ ބޭނުމަކީ އޭނާގެ ނަސްލުގެ  ކުދިންނަކީވެސް ކުރިމަގު އޮތް ބައެއްކަން ސާބިތުކޮށްދިނުން ކަމަށެވެ.

"އަހަރެން ބޮޑުވީ އަހަރެން ގޮތަށް ތިބޭ އަންހެނުން، އެއީ މިގޮތަށް ހުންނަ ހަން އަދި އިސްތަށިގަނޑު، ހުންނަ މީހުންނަކީ ރީތި ބައެއްކަމުގައި ނުދެކޭ ދުނިޔެއެއްގައި. އެކަން މިހާރު މިޖެހެނީ ބަދަލު ކުރަން. އަހަރެން ބޭނުންވަނީ ކުޑަކުދިން އަހަރެންގެ މޫނަށް ބަލައި އަހަރެންނާ ދިމާލަށް ބަލާއިރު އެމީހުނަށް އެމީހުންގެ ކުރިމަގު ފެންނަން" ޒޮޒިބިނީ ބުންޏެވެ.

މިސް މެކްސިކޯ އާއި މިސް ޕައުޓޯ ރިކޯއަށް މިއަހަރު ލިބުނީ ގެ މިސް ޔުނިވާސްގެ ރަނަރަޕްކަމެވެ..

މިސް ޔުނިވާސް 2018 ލިބިފައިވަނީ ޕިލިޕިންސްގެ ރީތީގެ ރާނީ، ކެޓްރިއޯނާ ގްރޭއަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.