މާލޭގެ ގޯޅިތައް ފުރިއްޖެ ކަމަށާއި، އިތުރަށް ޕާކުކުރާނެ ތެނެއް މާލޭފައި ނެތްކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ ޓެގް ކުރައްވާ މޭޔަރު ޝިފާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ވަނީ މާލޭގެ ގޯޅިތައް ފުރިފައިވާ ކަމަށާއި، މާލެއަށް އެތެރެވާ ވެހިކަލްތަކަށް އެދެވޭ ހައްލެއް ހޯދަން ހުރިހާ މުއައްސަސާތަކުން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

"ހުރިހާ މުއައްސަސާތަކެއް ގުޅިގެން މާލެ ސިޓީއަށް އެތެރެވާ ވެހިކަލްތަކަށް ހައްލެއް ހޯދަންޖެހޭ. ގޯޅިތައް ފުރިއްޖެ. ކައުންސިލްގެ ނިންމުން ވަރަށް ސާފު. އިތުރަށް ޕާކް ކުރާނެ ތަނެއްް ނެތް." މޭޔަރު ޝިފާގެ ޓްވީޓުގައި ވެއެވެ.

މާލޭގެ ޓްރެފިކް މައްސަލައަށް އެދެވޭ ހައްލެއް ހޯދުމަކީ މި ސަރުކާރުގެ ވައުދެކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.