މާލޭ މަސްވެރިންގެ ޕާކުގައި ޒަމާނީ ފެންވަރުގެ 8 ފާހާނާ އިމާރާތް ކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން ވިދާޅުވީ، މިހާރު ކުރެވެމުން އަންނަ މަސައްކަތަށް ބަލާއިރު އެ ޕޭއި ޓޮއިލެޓް އަންގާރަ ދުވަހު ހުޅުވޭނެ ކަމަށާއި، ފާހާނާތައް ހުޅުވުނަސް އެތަނަށް ނަގާނެ އަގެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.

މަސްވެރިންގެ ޕާކްގައި އިމާރާތް ކުރި ފާހާނާތައް ހާއްސަކޮށްފައިވަނީ، ފަތުރުވެރިންނާއި، ކްރޫޒްލައިނާތަކުން އަންނަ މީހުންނަށް ކަމަށާއި، އެތަނުގައި ރެސްޓްރޫމް އެއްވެސް ހުންނާނެކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

ސީއެސްއާރު ޕްރޮޖެކްޓެއްގެ ދަށުން ވިސްޓާ ކެޕިޓަލް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން މާލެ ސިޓީ ކައުންސިލުން ވަނީ އިތުރު 12 ފާހާނާ ތަރައްޤީ ކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.