Maru Commission Fareesha
މަރު ކޮމިޝަންގެ ރައީސް ފަރީޝާ އަބްދުﷲ -- ފޮޓޯ: ރައީސް އޮފީސް

މުހިންމު މައުލޫމާތުތަކެއް ހާމަކުރުމަށް އަންނަ ހަފްތާގައި މަރު ކޮމިޝަނުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަކަން ޖަޒީރާއަށް އެނގިއްޖެއެވެ.

އިތުބާރު ހުރި މަސްދަރަކުން ޖަޒީރާއަށް މައުލޫމާތުދިން ގޮތުގައި، ކޮމިޝަނުގެ މަސައްކަތްތައް ކޮވިޑްގެ ލުއިތަކާއި އެކު އަތޮޅުތެރޭގައިވެސް ކުރިޔަށް ގެންގޮސްފައިވެއެވެ. އެގޮތުން، ރަށްރަށުގައި ކޮމިޝަނުން ބަލަމުންދާ މައްސަލަތަކާއި ގުޅިގެން މީހުން އިންޓަވިއު ކުރުމުގެ މަރުހަލާތައް ހަލުވި ސްޕީޑްގައި ކުރިޔަށް ގެންގޮސްފައިވާއިރު މި މަސައްކަތް އަދިވެސް ނުނިމެއެވެ. ނަމަވެސް ގިނަ މައްސަލަތަކަށް އިތުރު އަލިމަގެއް ފެނިފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ކޮވިޑްގެ ތިންވަނަ ރާޅާއެކު އަނެއްކާވެސް ރަށްރަށަށް ގޮސް އިންޓަވިއުތައް ނެގުމުގައި ދަތިތަކެއް ދިމާވިނަމަވެސް މަސައްކަތް ހުއްޓުމެއްނެތި ކުރިޔަށް ގެންދާނެކަމަށާއި ފައިނަލް ރިޕޯޓުތައް ނެރެވޭނެ ސީދާ ތާރީހެއް އަދިވެސް ނޭނެގޭކަމަށް މައުލޫމާތު ލިބެއެވެ.

މި ކޮމިޝަނުން ބަލަންޖެހޭ ކަމަށް ފެންނަ މައްސަލަތައް އާންމުންނަށްވެސް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާއިރު، މިއީ ތަހުގީގުކުރެވޭ މައްސަލަތަކާއި ގުޅިގެން ތަހުގީގު އިދާރާއަކުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމައި، ޖިނާއީ މައްސަލަތައް ތަހުގީގުކުރާ އިދާރާއަކަށް ލިބިގެންވާ އެންމެހާ ބާރުތަކެއް ލިބިގެން އެކުލަވާލެވިފައިވާ ކޮމިޝަނެކެވެ.

އަނިޔާވެރިކޮށް މަރާލެވުނު ފަރާތްތަކާއި ގެއްލުވާލާފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް ރައީސް ވެވަޑައިގެންނެވި ވައުދުގެ ތެރެއިން އެކުލަވާލެވުނު މި ކޮމިޝަނުން ބަލަމުންދާ މައްސަލަތައް ބެލުމަށް ބޭރުގެ އިންވެސްޓިގޭޓަރަކުވެސް މިހާރުވަނީ ރާއްޖެ ގެނެސްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.