ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، މަޖިލީހުގެ ވަފުދުން މިހާރު އަވަށްޓެރި އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މަހަތްމާ ގާންދީގެ ހަނދާނީ ބިނާ، ރާޖްގަޓް އަށް ޒިޔާރަތްކުރައްވައިފިއެވެ.

މި ޒިޔާރަތުގެ ތެރެއިން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރާޖްގަޓަށް ޒިޔާރަތްކުރާ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ވަފްދުން އިންޑިޔާއަށް ކުރައްވާ މި ރަސްމީ ދަތުރު ފައްޓަވާފައިވަނީ އިއްޔެއެވެ. މި ރަސްމީ ދަތުރުގައި ޖުމްލަ 15 މެމްބަރަކު ބައިވެރިވެ ވަޑައިގަންނަވައެވެ.

މިމަހުގެ 13 ވަނަ ދުވަހާއި ހަމައަށް ކުރިޔަށްދާ މި ދަތުރުގެ ތެރެއިން އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ދަށުގެ، ލޮކް ސަބާއާ އެކު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހާ ދެމެދު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން އެއްގައި ސޮއިކުރަން ވަނީ ހަމަޖެހިފައެވެ.

އެ އެއްބަސްވުމުގެ ބޭނުމަކީ ދެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ގުޅުން ބަދަހިކޮށް، ދެ މަޖިލީހުގެ ދެމެދުގައި އެކިއެކި ބައިލަންއަގުވާމީ ކަންތައްތަކާ ގުޅޭ ގޮތުން އެއްބާރުލުން ދިނުން ކަމަށް މަޖިލީހުގެ ރައީސް ނަޝީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.