މާލޭ ގެއެއްގެ ޓެރަސްމަތީގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ މިއަދު ހެނދުނު 11:18 އެހާކަންހާއިރު މައްޗަންގޯޅީ ގެއެއްގެ ޓެރަސް މަތީގައި ފިރިހެނަކު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށާއި، އެގެއަށް ފުލުހުން ވަން އިރު އެމީހާގެ އަނގައިގެން ފޮނު އަރާފައިވާ ކަމަށެވެ.

އަދި އެމްއެންޑީއެފްގެ އެހީތެރިކަމާއި އެކު އެމީހާ ތިރިއަށް ބޭލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ވިދާޅުވީ ނިޔާވެފައި އޮއްވާ ފެނުނު މީހަކީ އެގޭގައި ދިރިއުޅޭ މީހެއް ނޫންކަމަށާއި، އެމީހަކީ ކާކުކަން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.