މިދިޔަ ބުދަ ދުވަހުގެ ރޭ ހުޅުމާލޭގައި ޓެކްސީ ޑްރައިވަރަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގެ ތަހުގީގަށް އިތުރު ކުރިއެރުމެއް ނުލިބޭ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގެ ތަހުގީގަށް އިތުރު ކުރިއެރުމެއް އަދި މިހާތަނަށް ލިބިފައި ނުވާ ކަމަށާއި، އެ މަރު ހިނގި ސަރަހައްދާއި އިތުރަށް ބަލަން ޖެހޭ ތަންތަން ބަލަމުން އަންނަ ކަމަށެވެ.

ފުލުހުން ވިދާޅުވީ، އެ މައްސަލައާއި ގުޅޭ ސީސީޓީވީ ފޫޓޭޖްތައް ބަލަމުން އަންނަ ކަމަށާއި، ނަމަވެސް ތަހުޤީޤު ކުރިއަށްދާ މައްސަލައަކަށްވާތީ އެކަމުގެ ތަފްސީލް ދެވެން ނެތް ކަމަށެވެ.

ބުދަ ދުވަހުގެ ރޭ މަރާލާފައި ވަނީ އުމުރުން 59 އަހަރުގެ އދ. މާމިގިއްޔަށް ނިސްބަތްވާ ގާސިމް ހަސަނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.