އިއްޔެ ކަރަންޓުގައި ޖެހިގެން ހާލު ސީރިއަސްވި ފެނަކަ، ގއ. ވިލިނގިލީ ބްރާންޗުގެ ޓެކްނީޝަންގެ ހާލު ރަނގަޅުވަމުން އަންނަ ކަމުގައި ފެނަކަ ކޯޕަރޭޝަންއިން ބުނެފިއެވެ.

ފެނަކައިގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، ގއ. ވިލިނގިލީގައި އިމާރާތްކުރެވިފައިވާ ހައުސިންގ ޔުނިޓްތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ކޯރު ކޮނުމުގެ މަސައްކަތުގައި އުޅެނިކޮށް، އެ ކުންފުނީގެ ގއ. ވިލިނގިލީ ބްރާންޗުގެ ޓެކްނީޝަން، މުހައްމަދު މުފީދު އިއްޔެ ކަރަންޓުގައި ޖެހިގެން ވިލިނގިލީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށެވެ.

އަދި އިތުރު ފަރުވާއަށް މިއަދު ފަތިހުގެ ވަގުތެއްގައި މާލެ ގެނެވި، އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށައިފައިވާ ކަމުގައިވެސް ފެނަކައިން ބުނެއެވެ.

މީގެ އިތުރުން އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ހަވާލާދީ ފެނަކައިން ބުނީ، މުފީދުގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.