މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް

ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަަދު ސޯލިހު މިއަދު ދެއްވި ރިޔާސީ ބަޔާނަށް ޖަވާބު ދެއްވުމަށް ތައްޔާރުވުމަށް މައިނޯރިޓީ ލީޑަރު ކިބައިން އެދިވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބުނާގޮތުން، ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާނެއް އިއްވުމުން އެވަގުތު މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ތެރެއިން ރައިސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ ގިނައިން މެމްބަރުން ތިބި ޕާޓީތަކުގެ ފަރާތުން އެ ރިޔާސީ ބަޔާނަށް ދޭނެ ޖަވާބު ތައްޔާރުކޮށް، އެ ޖަވާބު ރިޔާސީ ބަޔާން އިއްވަވާތާ 14 ދުވަހުގެ ތެރޭގައި މަޖިލީހުގެ ޖަލްސާއެއްގައި ރިޔާސީ ބަޔާނަށް ދޭ ޖަވާބުގެ ގޮތުގައި ހުށަހަޅުއްވަން ޖެހެއެވެ.

މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމްކަން ފާހަގަ ކުރައްވައި ރިޔާސީ ބަޔާނަށް ދެއްވާ ޖަވާބު ތައްޔާރު ކުރެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންގެ އަދަދަށް ބަލާލާއިރު އެމްޑިޕީއަށް ނިސްބަތްވާ 65 މެމްބަރުން ތިއްބަވައެވެ. އަދި ޕީޕީއެމް އަށް ނިސްބަތްވާ 5 މެމްބަރުން ތިއްބަވާއިރު ޖުމްހޫރީ ޕާޓިއަށް ނިސްބަތްވާ 5 މެމްބަރުން ތިއްބަވައެވެ. މީގެއިތުރުން ޕީއެންސީއަށް ނިސްބަތްވާ 3 މެމްބަރުންނާއި އެމްޑީއޭ އަށް ނިސްބަތްވާ 2 މެމްބަރުން ތިއްބަވައެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.