އަހަރުމެންގެ ތެރެއިން ގިނަ މީހުންނަކީ ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށް ވަރަށް ސަމާލުކަންދޭ ބައެކެވެ. އެގޮތުން އެބައިމީހުންގެ ހަށިގަނޑު ރީތިކުރުމަށްޓަކައި އެތަކެތް ޤުރުބާނީއެއްވާމީހުން ވަރަށްގިނައެވެ. ހަށިގަނޑަށް ގެއްލުމެއްލިބިދާނެ ކިތަށްމެ ކުޑަކަމަކުންވިޔަސް ދުރުހެލިވެތިބެއެވެ.
އެގޮތުން ގައިގެ އެއްވެސް ހިސާބެއްގައި ސްޓްރެޗް މާކް ލައިފި ނަމަ އެ ފިލުވަން ބޭނުންވާ މީހުންވެސް މަދެކޭ ނުދެންބެވޭނެއެވެ. ސްޓްރެޗް މާކް ލުމުން ހަންގަނޑު ހުތުރުވާ ކަމަށް ގިނަ ބަޔަކަށް ގަބޫލުކުރެވެނީ އެވެ. އެއިން ހަށިގަނޑަށް ގެއްލުމެއް ނުލިބުނަސް ހުތުރު ކަމަށް ގަބޫލުކުރަނީ އެވެ.
ސްޓްރެޗްސް މާކަކީ އޭގެ ޒާތުގައި ފަސޭހައިން ފިލައިގެންދާ އެއްޗެއް ނޫނެވެ. ނަމަވެސް ބައެއް ކަހަލަ ޓްރީޓްމަންޓުތަކާއި އުފެއްދުންތަކުން އެ ފިލުވައިދެ އެވެ.
ސްޓްރެޗް މާކް ލަނީ އެއްވެސް ސަބަބަކާ ހުރެ ކުއްލިއަކަށް ހަށިގަނޑު ބޮޑުވެ އަންނަ ބަދަލުތަކުންނެވެ. ހަށިގަނޑަށް އަންނަ މި ބޮޑު ބަދަލުގައި ހަންގަނޑު އެވަރަށް ނުދެމުމުން ސްޓްރެޗް މާކް ލަ އެވެ. މިއަށް ސްޓްރިއާ އޭ ވެސް ކިޔަ އެވެ.
ސްޓްރެޗް މާކް ހަށިގަނޑުގައި ލާން މެދުވެރިވާ އެއް ސަބަބަކީ ހަންގަނޑަށް ބޭނުންވާ ވަރަށް "ކޮލަޖެން" ނުލިބުމެވެ. ކޮލަޖެން އަކީ ހަންގަނޑުގައި އިލާސްޓިކް ހުންނަ މިންވަރު އިތުރުކޮށްދޭ މާއްދާ އެކެވެ.
ސްޓްރެޗް މާކް ލުމަށް މެދުވެރިވާ ބައެއް ސަބަބުތައް:
- މާބަނޑުވުން:
ސްޓްރެޗް މާކާ އެންމެ ގިނައިން ކުރިމަތިލާންޖެހޭ އެއް ބަޔަކީ އަންހެނުންނެވެ. ބަލިވެ އިނދެ ކުއްޖާ ބޮޑުވަމުން އަންނަ އިރު ބަނޑުބޮޑުވެ ސްޓްރެޗް މާކް ލަ އެވެ. އަދި ބައެއް އަންހެނުން މާބަނޑު ދުވަސްވަރު ހޯމޯނަށް އަންނަ ބަދަލުތަކުގެ ސަބަބުން ހަންގަނޑުގައި ހުންނަ ފައިބާތައް ބަލިކަށިކޮށްލަ އެވެ.
މާބަނޑު ދުވަސްވަރު ހަށިގަނޑުގެ ބަރުދަނަށް އިތުރުވާ ބައި ވިހެއުމަށް ފަހު ދުއްވާލުމުން ބައެއް ފަހަރަށް ސްޓްރެޗް މާކްތައް ފިލަ އެވެ. ނަމަވެސް އެއީ އެއްކޮށެއް ނޫނެވެ.
- ކުއްލިއަކަށް ފަލަވެ ބަރުދަން އިތުރުވުން:
ކުއްލިއަކަށް މާބޮޑަށް ފަލަވެފައި ނުވަތަ އޮބީސް ވެފަ ހުންނަ މީހުންގެ ގައިގައި ވެސް ސްޓްރެޗް މާކް ލަ އެވެ.
- ކުޑަކުދިން ބޮޑުވެ ފުރާވަރަށް އެޅުން:
ކުޑަކުދިން ކުއްލިއަކަށް ދިގުވެ ނުވަތަ ބަރުދަނަށް އަންނަ ބަދަލާއެކު ގައިގައި ލާ ސްޓްރެޗް މާކްތައް އެ ކުދިން ބޮޑުވާ ވަރަކަށް ގިނަ ފަހަރަށް ފިލަ އެވެ. އެއީ ހަށިގަނޑަށް އަންނަ ކުއްލި ބަދަލުގެ ސަބަބުން ލާ މާކްތަކެވެ.
- ބޮޑީ ބިލްޑުކުރުން:
- މާގިނައިން ސްޓެރޮއިޑް ބޭނުންކުރުން (ބައްޔެއްގެ ސަބަބުން ނަގައި ބޭހަކުން ސްޓެރޮއިޑް އިިތުރުވެދާނެ):
- މާފަން ސިންޑްރޯމް (ހަންގަނޑުގައި ހުންނަ ފައިބާ ބަލިކޮށްލައި، ޖެނެޓިކް ބައްޔެއް):
ސްޓްރެޗް މާކަކީ އޭގެ ސަބަބުން ލަދުގަންނަން ޖެހޭ ކަމެއް ނޫނެވެ. އެއީ ހުތުރު ސިފައެއް ކަމަށް ގަބޫލުކުރުން ހުއްޓާލަން ޖެހެ އެވެ. އަދި ކުދިންނަށް އެކަން ބުނެދޭން ޖެހެ އެވެ. އެކަމަކު ފިލުވަން ބޭނުންނަމަ ބައެއް ކަހަލަ ޓްރީޓްމަންޓުތަކާއި ޕްރޮޑަކްޓްތައް ބޭނުންކޮށްގެން ފިލުވިދާނެ އެވެ.
ސްޓްރެޗްމާރކް ފިލުވުމަށް ޓަކައި ދެވިދާނެ ބައެެއް ފަރުވާ:
ބިޓަ އަލްމަންޑް އޮއިލް:
ދިރާސާއަކުން ދެއްކި ގޮތުގައި މާބަނޑު ދުވަސްވަރު މި ތެލުން ބަނޑު މަސާޖްކުރާނަމަ ސްޓްރެޗް މާކްސް ލާ މިންވަރު މަދުވެ އެވެ.
- ކޮކޯ ބަޓާ، ޝިއާ ބަޓާ، އޮލިވް އޮއިލް، ވިޓަމިން އީ އޮއިލް އަދި އެހެނިހެން މޮއިސް ޗުރައިޒާސް:
މިއީ ވެސް ސްޓްރެޗް މާކްސް ފިލުވަން ބައެއް މީހުން ބޭނުންކުރާ ބާވަތްތަކެކެވެ. އެކަމަކު 100 ޕަސަންޓު ޔަގީންކަމެއް މިއަކަށް ނުދެވެ އެވެ. މި ތަކެތި ބޭނުންކުރުމުން ހަންގަނޑު މަޑުކޮށްދޭނެ އެވެ.
- ޕަލްސްޑް ޑައި ލޭޒާ ތެރަޕީ އަދި ކޮސްމެޓިކް ސާޖަރީ އަކީ ސްޓްރެޗް މާކްސް ފިލުވައިދޭނެ ދެ ޓްރީޓްމަންޓެވެ.
ތަޖުރިބާ ކޮށްލަށެވެ