ރައީސް އިބްރާހިމް މުހައްމަދު ސޯލިހް 2021 ވަނަ އަހަރުގެ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލީހުގައި އިއްވަވަނީ

އައްޑޫ ސިޓީއަށް ކަނޑައަޅާފައިވާ ގިނަ މަޝްރޫއުތައް، މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާނުގައި ރައީސް ވަނީ، ރާއްޖޭގެ އިގްތިސާދީ ދުވެލި ހަލުވި ކޮށް ރަށްތަކުގެ ތަރައްގީއަށް ކުރަމުންދާ މަސައްކަތުގެ މައުލޫމާތު ހިއްސާކުރައްވައިފައެވެ. އެގޮތުން، އައްޑޫ ސިޓީގެ ތަރައްގީގެ މަޝްރޫޠަކަށް އަލިއަޅުއްވާލައްވާ އެމަނިކުފާނު ވަނީ އެ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ތެރެއިން، ބީލަމުގެ މަރުހަލާ ނިންމައި، މިމަހުގެ ތެރޭގައި އެމަސައްކަތް ބަޔަކާ ޙަވާލުކުރެވޭނެކަމަށް ވިދާޅުވެފައެވެ.

އަދި އައްޑޫ ސިޓީއަށް ކަނޑައަޅާފައި ހުރި ގިނަ މަޝްރޫޢުތަކެއް، މިއަހަރުގެ ފުރަތަމަ 6 މަސް ތެރޭގައި ފެށުމަށް މަސައްކަތްކުރަމުން ދާކަމަށް ރައީސް ވިދާޅުވިއެވެ. އައްޑޫ ސިޓީގައި މިހާރު ކުރިޔަށްދާ މަޝްރޫއުތަކަށް ބަލާއިރު މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، އެއްވަރު ކުރުމުގެ މަސައްކަތް މިއަހަރުގެ ޖެނުއަރީ މަހު ވަނީ ފަށާފައެވެ. މި މަޝްރޫއުގެ ދަށުން އެ ސިޓީގެ 18 މަގެއްގައި ތާރު އެޅިގެންދާނެއެވެ. އަދި ނަރުދަމާގެ މަސައްކަތް ކުރުމަށް ކޮނެފައިވާ މަރަދޫ، މަރަދޫ-ފޭދޫ، ފޭދޫގެ ބޮޑުމަގު އަލުން އެއްވަރުވަރު ކުރެވޭނެއެވެ. މި މަޝްރޫއަށް 134 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ތަރައްގީގެ އިތުރު މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވަނީ، ތަރައްޤީ ލާމަރުކަޒު ކުރުމުގެ ނާރެހަކީ، ފަސޭހަ ދަތުރުފަތުރުގެ ނިޒާމަކުން ރަށްތައް ގުޅައިލުންކަމަށާއި އެމަސައްކަތުގެ ދަށުން ހޯރަފުށީ އެއަރޕޯޓު މިދިޔަ އަހަރު ހުޅުވައި ހިދުމަތް ދެމުން އަންނަކަން ފާހަގަ ކުރައްވާފައެވެ. އަދި މި އަހަރުގެ ތެރޭގައި އިތުރު 5 ރަށެއްގައި އެއަރޕޯޓް ހެދުމަށް ގަސްދުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ ތެރެއިން، މ. މުލީގައި ތަރައްޤީކުރާ އެއަރޕޯޓުގެ މަސައްކަތް، މިމަހުގެ ތެރޭގައި ބަޔަކާ ޙަވާލުކުރެވި ހދ. މަކުނުދުއާއި، ބިލެތްފަހި އަދި ބ. ތުޅާދުއާއި ތ. ވިލުފުށީގައި އެއަރޕޯޓް ހަދައިދޭނެ ބަޔަކު ހޯދަން މިހާރުވެސް ހުޅުވާފައިވާކަން ވަނީ ފާހަގަކުރައްވަފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *