ކީރިތި ރަސޫލާ(ސއވ)އަށް ސަލަވާތް ކިޔަވަން ނުޖެހޭކަމަށް ދުވަހަކުވެސް ވިދާޅުނުވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީސްގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިރޭ  ކުރިއަށްދިޔަ "އާސްކް ސްޕީކަރ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕްރޮގްރާމުގައި އެސްއެމްއެސް މެދުވެރިކޮށް މީހަކު ވަނީ، ރައީސް ނަޝީދު ރަސޫލާއަށް(ސއވ)އަށް ސަލަވާތް ކިޔަވަން ނުޖެހޭނެ ކަމަށާއި، އަދި އެއީ ވެސް މުހައްމަދަކާއި މިއީ ވެސް މުހައްމަދެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާކަމަށް އަޑު އިވޭ ކަމަށާއި އެއީ ތެދެއްތޯ ސުވާލުކޮށްފައެވެ.

ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ އެއީ ބުހުތާން ދޮގުކަމަށެވެ. އަދި ދުވަހަކުވެސް އެބާވަތުގެ ވާހަކަ ނުދައްކަވާ ކަމަށާއި، އެ ފަދަ ވާހަކަ ދައްކާ ތަނެއްގައިވެސް ނުހުންނަވާ ކަމަށެވެ. އަދި ތަކުރާރުކޮށް އެކަން ދޮގު ކުރެއްވިއެވެ.

ރައީސް ނަޝީދު މިމޭރުމުން ވާހަކަ ދެއްކެވިކަމަށް އާންމުތަނެއްގައި އެންމެ ފުރަތަމަ އިއުލާން ކުރެއްވީ މެލޭޝިޔާގައި ހުންނަ ދިވެހި އެމްބަސީގެ ކައުންސެލަރ ޓުދަ އެމްބެސެޑަރ ގެ މެޤާމުގައި ހުންނަވާ ޝެއިހް އިލްޔާސްއެވެ.

ޝެއިހް އިލްޔާސް ވަނީ ނަޝީދުގެ އެ ބަސްފުޅާއި ގުޅިގެން އެ ބޭފުޅާގެ ލަގޮނޑިއަށް އަސަރުކުރިކަމަށްވެސް ވިދާޅުވެފައެވެ. އެހެންނަމަ ރައީސް ނަޝީދު މިވަނީ ޝެއިހް އިލްޔާސްގެމިވާހަކަ ދޮގުކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.