ރިޔާސީ ގަނޑުވަރު ނުވަތަ މުލިޔާގެ އަށް 100 އަހަރު ފުރުން ފާހަގަކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ހާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

މި ރަސްމިއްޔާތު އޮތީ މުލިޔާގޭ ގޯތި ތެރޭގައެވެ. މި ރަސްމިއްޔާތުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް، އަދި ރައްޔިތުންގެ މަޖްލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މުލިޔާގެ ބިނާކުރެވުނީ 1919 ވަނަ އަހަރުގައެވެ. އަދި އޭރު އެ ގަނޑުވަރަށް ކިޔުނު ނަމަކީ ހެންވޭރު ގަނޑުވަރެެވެ. މުލިޔާގެ ބިނާކުރަން ފެށުނީ 1914 ވަނަ އަހަރުގައެވެ. އަދި އެ ގަނޑުވަރު ބިނާ ކުރެވުނީ އޭރު ރާއްޖޭގެ ވަލީއަހުދު ހަސަން އިއްޒުއްދީނު ދިރިއުޅުއްވުމަށެވެ. މި ގަނޑުވަރު ޑިޒައިންކުރީ ލަންކާ މީހުންނެވެ. އަދި ދިވެހިންވެސް ކޮންމެވެސް ވަރަކަށް އެކަމުގައި ބައިވެރިވިއެވެ.

ފަހުގެ ތާރީހެއްގައި މުލިއާގޭގައި އެންމެ ފުރަތަމަ ދިރިއުޅުއްވަން ފެއްޓެވީ ކުރީގެ ރައީސް, ރްއީސް މުޙައްމަދު ނަޝީދެވެ. އެފަހުން ވެރިކަމަށް ވަޑައިގެންނެވި ރައީސް ވަހީދު ދިރިއުޅުއްވީ ހިލާލީ ގޭގައެވެ. އަދި ރައީސް ޔާމީންވެސް މުލިއާގެ ދިރިއުޅުއްވަން ބޭނުމެއް ނުކުރައްވައެވެ. ނަމަވެސް ރަސްމީ ބައެއްކަން ކަން މުލިއާގޭގައި ކުރެއްވިއެވެ.

މިހާރުގެ މުލިއާގޭގައި ދިރިއުޅުއްވަނީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއެވެ. 

މި ރަސްމިއްޔާތުގައި މުލިއާގެއަށް ގިނަދުވަހު  ޚިދުމަތްކުރެއްވި ގިނަފަރާތްތަކަކަށް ހިދުމަތުގެ އަގުވަޒަންކޮށް ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.