އާ ސަރުކާރުގެ ފުރަތަމަ އަހަރު ނިމެން ކައިރިވެފައިވާއިރު، ކޮރޮޕްޝަންގެ އެއްވެސް ކަހަލަ ތުހުމަތެއް ޓޫރިޒަމް މިނިސްޓްރީއަށް އެއްވެސް ފަރާތަކުން ކޮށްފައި ނުވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.   

މިނިސްޓްރީ އޮފް ޓޫރިޒަމްއިން އިސްނަގައިގެން ކުރިއަށް ގެންދިޔަ ޓޫރިސްޓް ފެސިލިޓީސް އިންސްޕެކްޝަން ޓްރެއިނިންގެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަތުރުވެރިކަމާ ބެހޭ ވަޒީރު އަލީ ވަހީދު ވިދާޅުވީ، އެ މިނިސްޓްރީއަކީ މީގެ ކުރިން އެންމެ ގިނައިން ކޮރަޕްޝަންގެ އިނގިލިތައް ދިއްކުރާ މިނިސްޓްރީ ކަމަށާއި ނަމަވެސް އާ ސަރުކާރުގެ  ފުރަތަމަ އަހަރު ނިމުނުއިރު ކޮރަޕްޝަންގެ އެންމެ އިނގިއްޔެއްވެސް އެ މިނިސްޓްރީއަށް ދިއްކުރެވިފައި ނުވާ ކަމަށެވެ.

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، އެއީ ޖަޒީރާ ރާއްޖޭގައި ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށެވެ.

މީގެ އިތުރުން ޓޫރިޒަމަށް އަލަށް ދޫކުރާ ރަށްތައް މިމަހުގެ 12 ވަނަ ދުވަހު އޮންނަ އެ މިނިސްޓްރީގެ ޖަލްސާގައި އިއުލާން ކުރާނެ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.