ފުރަތަމަ ފަހަރަށް ރާއްޖެއިން ފަލަސްތީނަށް "ނޮން -ރެސިޑެންޓް" ސަފީރެއް މި އަހަރުގެ ތެރޭގައި އައްޔަންކުރަން ސަރުކާރުން ނިންމައިފިއެވެ.
އެކަން ހާމަކުރެއްވީ 2021 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވުމަށް މިހާރު ކުރިޔަށްދާ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއެވެ.
އެމަނިކުފާނު ވިދާޅުވީ، ހާރިޖީ ދާއިރާއިން ރާއްޖޭގެ އެންމެ އިސް ސިޔާސަތަކީ، ރާއްޖެއާއި ދިވެހީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއެކު ކޮންމެ ކަމެއްގައިވެސް ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުން ކަމަށެވެ. އިންސާނީ ހައްގުތައް ހިމާޔަތްކޮށް، ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓައި، ތިމާވެއްޓަށް އަންނަ ބަދަލުތަކުން ރާއްޖެ ރައްކާތެރިކުރުމަކީވެސް ހާރިޖީ ގުޅުންތައް އެ މައްޗަށް ބިނާވެފައިވާ ވަރަށް މުހިންމު އަސާސެއް ކަމަށް ވިދާޅުވިއެވެ.
މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ، އެކި ގައުމުތަކާއި ރާއްޖެއާ ދެމެދު ހީނަރުވެފައި
އޮތް ގުޅުންތައް އަލުން އިއާދަކޮށް ބަދަހިކޮށް އާލާކުރުމަށް
ކޮވިޑް-19 ގެ ދަތިކަމާއި އެކުވެސް ރާއްޖެއާ ރަހުމަތްތެރި ގައުމުތަކުންނާއި ބައިނަލްއަގްވާމީ ޖަމާއަތްތަކުން ފޯރުކޮށްދިން ދީލަތި އެހީތެރިކަމަކީ ހާރިޖީ ގުޅުން މިހާރު ބަދަހިވެފައިވާ މިންވަރު ދައްކުވައިދޭ އަލިގަދަ ހެއްކެއްކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރާއްޖެއިން ފަލަސްތީނަށް ސަފީރެއް އައްޔަން ކުރައްވާނެކަން ރައީސް ސޯލިހު ވިދާޅުވެފައިވާއިރު، ފަލަސްތީން ރައްޔިތުން އެމީހުންގެ އަމިއްލަ ބިމުގެ މިލްކުވެރިކަން ކަށަވަރު ކުރުމަށް ކުރާ މަސައްކަތަށް ތާއިދުކުރައްވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.