ކުޅުދުއްފުށީ ދެ ފުލުހަކަށް އިންޒާރުދީ، އެ ދެ ފުލުހުންގެ ސައިކަލަށް ގެއްލުންދިންކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނަކަށް ފުލުހުން އަނިޔާކުރި މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މި މައްސަލާގައި ފުލުހުން ވިދާޅުވި 25 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފައިވަނީ ހުސްވި ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު، 2 ފުލުހަކަށް ބިރުދައްކާ، އިންޒާރުދީ، އެމީހުންގެ މުދަލަށް ގެއްލުން ދިން މައްސަލައެއްގައި ކަމަށާއި، އޭނާ ފުލުހުންގެ ބަންދަށް ގެންދިޔައިރު އެއްވެސް އަނިޔާއެއް ލިބިފައިވާ ކަމުގެ މަޢުލޫމާތެއް ލިބިފައި ނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، އިއްޔެގެ ވަގުތެއްގައި އެ ޒުވާނާއަށް އަނިޔާވެފައިވާކަން އެނގުނީ އިއްޔެގެ ވަގުތެއްގައި އޭނާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔުމުންނެވެ.

އަދި އެ ޒުވާނާ ހޮސްޕިޓަލަށް ގެންދިޔައީ ރޯނގާ ޖެހިގެން ބަލިވުމުން ކަމަށާއި، ނަމަވެސް ހޮސްޕިޓަލަށް ގެންދިޔުމުން ކަނާއަތު އިނގިއްޔެއްގައި ރިއްސާ ވާހަކަ ބުނި ކަމަށްވެސް ފުލުހުން ބުނެއެވެ. އަދި އެކްސް-ރޭ ނެގުމުން އިނގިއްޔެއްގެ ކަށިގަނޑަށް ގެއްލުންވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން މި މައްސަލަ ތަހުޤީޤު ކުރަމުން އަންނަ އިރު އެ މައްސަލައިގައި ބަންދުކުރި ޒުވާނާ އިއްޔެ ފުލުހުންގެ ބަންދުން ވަނީ ދޫކޮށްލާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.