މިދިޔަ ބުދަ ދުވަހުގެ ރޭ ހުޅުމާލޭގައިތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެެރިގޮތަކަށް މަރާލާފައިވާ ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މަރާއި ގުޅިގެން އަދިވެސް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި، އެ މައްސަލައާއި ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ގާސިމް އަށް ހަމަލާދީފައި ވަނީ ބުދަ ދުވަހުގެ ރޭ 21:09 ހާއިރުއެވެ.
ގާސިމް ނިޔާވީ، ލިބުނު ޒަަހަމްތަކާއި ގުޅިގެން ފަރުވާދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ނިޔާވީ އެރޭ 22:00 ހާއިރު އެވެ.