ފޭރެން އުޅުނު ކަމަށް ބެލެވޭ ދެމީހަކު ފުލުހުން ރޭ ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ މެދު ޒިޔާރަތްމަގުން ފޭރެން އުޅުނު ކަމަށް ޝައްކު ކުރެވޭ ދެ މީހަކު ހައްޔަރު ކުރި ކަމަށާއި މީގެ ތެރެއިން އެކަކު ހުރީ މޫނު ނިވާ ކޮށްގެން ކަމަށެވެ.

މި ދެ މީހުން ހައްޔަރުކޮށް ބަލާ ފާސްކުރި އިރު ފޭރިގެންފައިވާ ކަމަށް ބެލެވޭ، މިދެ މީހުންގެ ވޮލެޓް ނޫން އެހެން ވޮލެޓެއް ފެނުނު ކަމަށާއި، އަދި ގަމީހާއި ޖިންސާއި ދޭތެރެއަށް ޖަހާފައިހުރި ފައިވާނެއްވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ސިރިންޖަކާއި ކަތުރެއްވެސް މި ދެމީހުންގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފަހަކަށް އައިސް ވައްކަމާއި ފޭރުން އިތުރުވެފައިވާތީ ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.