ތިލަފުށި ފަޅުތެރެއިން އެމްވީސީ ހޯމް ސަފަޔަރ ނަގައި ނައްތާލަން ޕާކަވަން ކުންފުންޏާ ހަވާލުކުރި މައްސަލަ އެހާބޮޑަށް ހޫނުވެފައި ވަނީ ފިނޭންސް މިނިސްޓްރީގެ އިހުމާލުން ކަމަށް އެމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު ފިރްޒުލް ހުސެއިން ފިރާޒް ވިދާޅުވެއްޖެއެވެ.

ބޯޓުގެ މައްސަލަ މަޖިލީހުގެ ސްޓޭޓް އޯންޑް އެންްޓަރޕްރައިޒިސް ކޮމިޓީންވަނީ ބަލަންފަށާފައިވާއިރު، އެ މައްސަލައިގައި ފިނޭންސް މީނިސްޓްރީ ފޮނުވާފައިވާ ސިޓީތަކާއި، ކޮމިޓީގައި ދައްކަވާ ވާހަކަތަކުގައި މާނަކުރުުމުގެ މައްސަލައެއް އުޅޭކަން ވަނީ ފެންމަތިވެފައެވެ.

ޕާކަވަންއާ އެކު ގްރޭޓާ މާލެ އިން އެއްބަސްވީ 30 ދުވަހުގެ ތެރޭގައި ފަޅުން ބޯޓު ނެގުމަށެވެ. އެކަމަކު އެއްބަސްވުމާ އެއްގޮތަށް އެ ކުންފުނިން މަސައްކަތް ނުނިންމުމުން، އެއީ، ގްރޭޓާ މާލެ ކުންފުނީގެ އޮޅުވާލުމާއި އިހުމާލުން ކަަމަށް ބުނެ، ގެއްލުމުގެ ބަދަލުގެ ގޮތުގައި 708،511 ޑޮލަރު (10.9 މިލިއަން ރުފިޔާ) ހޯދަން ޕާކަވަން އިން ވަނީ ދައުވާކޮށްފަ އެވެ.

މި މައްސަލަ އާއި ގުޅިގެން ފިނޭންސް މިނިސްޓްރީން 26 ނޮވެމްބަރުގައި އެސްއޯއީ ކޮމިޓީއަށް ފޮނުވި ސިޓީގައި ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު ފިރްޒުލް ހުސެއިން ފިރާޒް ވިދާޅުވީ މި އަހަރުގެ ޖެނުއަރީ މަހުގެ 10ވަނަ ދުވަހު، ސިވިލް ކޯޓުގެ ހުކުމާއި ގުޅިގެން އެ ބޯޓު އެތަނުން ނެގުމުގެ ހުއްދައަށް އެދިފައިވާ ކަމަށާއި، އެ މަސައްކަތް ކުރުމުގެ ހުއްދަ ފިނޭންސުން ދީފައިވާ ކަމަށެވެ.

 އޭގެ ފަހުން ފުލުހުން 5 ސެޕްޓެމްބަރ 2019އިގައި އެ އުޅަނދު ނައްތާލަން ހުއްދަ ދިންތޯ ސުވާލު ކުރި ކަމަށާއި، 9 އެއް ސެޕްޓެމްބަރގައި އެ އުޅަނދު ނައްތާލަން ހުއްދަ ނުދޭކަމަށް އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ

އެސްއޯއީ ކޮމިޓީގެ މުޤައްރިރު އިލްޔާސް ލަބީބުވަނީ، އެ ބޯޓުގެ މިލްކު ވެރިކަމާއި މެދު ސުވާލު އުފެދުނު ކަމަށާ، ކޮމިޓީން ބެލި ބެލުމުން ކޯޓުން ޙުކުމްކޮށްގެން އެ ބޯޓު އޮތީ ދައުލަތުގެ މިލްކުވެރިކަމުގައިކަން އެނގިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ފިނޭންސް މިނިސްޓްރީގެ ހުއްދައާއި އެކު ގްރޭޓަރ މާލޭ އޭރިއާގެ ބެލުމުގެ ދަށަށް އެ ބޯޓު ބަދަލުކޮށްފައިވާކަން އެނގޭ ކަަމަށް އިލްޔާސް ވިދާޅުވިއެވެ. އެ

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.