މަގުތަކުގެ ހައްގު އަދާކުރުމަށްޓަކައި މަގުމަތިން ކުނިބުނި ނަގައި ސާފުކުރުމަކީ އީމާންކަމުގެ ތެރެއިންވާ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާ ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނީ، މަގުމަތި ސާފުކޮށް ބެލެހެއްޓުމަކީ ދީނުގައި ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ކަމެއް ކަމަށެވެ. އަދި އެއީ އެތަކެއް ބަލިތަކަކުން މުޖުތަމައު ރައްކާތެރިކޮށްދޭ ކަމެއް ކަމަށާއީ އެހެންކަމުން އެކަމަކީ އީމާން ކަމުގެ ތެރެއިން ވާ ކަމެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ކީރިތި ރަސޫލާ މުހައްމަދުއް ސައްލަﷲ އަލައިހި ވަސައްލަމަ ހަދީޡް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

"އީމާންކަން ހައްދިހަ އެތައް ބަޔަކަށް ނުވަތަ ފަސްދޮޅަސް އެތައް ބަޔަކަށް ބެހިފައިވެއެވެ. އީމާންކަމުގެ އެންމެ މާތް އަދި މަތީ ދަރަޖައަކީ ﷲ މެނުވީ ހައްގުވެގެން އަޅުކަމެއް ވެވޭ އެހެން އިލާހަކު ނުވާކަމަށް ހިތުގެ އަޑިން ގަބޫލުކޮށް، އީމާންވުމެވެ. އަދި މަގުމަތީން ކުނި ބުނި ނަގައި ސާފުކުރުމަކީ އީމާންކަމުގެ އެންމެ ކުޑަމިންވަރެވެ."

ހުތުބާގައި ބުނީ މަގުމަތީގެ ހައްގުތައް ރައްކާތެރި ކުރެވެނީ އެމަގުތަކުގައި ހިނގާބިނގާވެ އުޅޭ މީހުންގެ އަމަލުތައް ބަހައްޓާ ގޮތުން ކަމަށާއި މަގުމަތީގެ އަދަބުތަކާއި ހައްގުތަކަށް ރައްކާތެރިވުމުގެ ސަބަބުން މީސްތަކުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަށް އާލާވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން ހުތުބާގައި ބުނީ މަގުތަކުގައި ތިބޭއިރު އެއްވެސް މީހަކަށް ތުރާލެއްވާނެ ފަދަ ކަމެއް ކުރުމަކީ ހުއްދަވެގެންވާނެ ކަމެއް ނޫން ކަމަށެޗެ.

އަދި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން މީސްމީހުންގެ ގޭތެރެ ބަލައި އެތަންތަނުގައި ހުރީ ކޮންއެއްޗެއްތޯ އާއި އުޅެނީ ކޮން ބައެއްތޯ ހޯދައި ބެލުމަކީ އަހުލާގީ ގޮތުން ވަރަށް ދަށުދަރަޖައިގެ އަމަލެއް ކަމަށެވެ.

ހުތުބާގައި ބުނީ، މަގުމަތީގައި ދުއްވާ ތަކެތިން ވެސް މީހުންނަށް އުނދަގޫވާ ގޮތަށް އަމަލުކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށާއި، އެގޮތުން ވިއްސާރަ ދުވަސްދުވަހު މަގުމަތީގައި ހިނގާފައިދާ މީހުންގެ ގަޔަށް ފެންބުރައިގެންދާ ގޮތަށް އިންޖީނުލީ އުޅަނދުފަހަރު ދުއްވުމާއި މަގުމެދަށް ކާރާއި ޓެކްސީ ހުއްޓައި މީހުން އެރުވުމާއި ކަފިހި ހުރަހުގައި މަގު ހުރަސްކުރަން ހުންނަ މީހާއަށް ތަންނުދީ ތަކެތި ދުއްވުމާއި ސިގުނަލް ނުދީ ގަވާއިދާ ހިލާފަށް ވާތްފަރާތުން ކުރިއަރައިގެން ދިއުމާއި ބާރަށް ބަރުގޮނު އެޅުމާއި ސައިލެންސަރުގެ އަޑު ގަދަވާ ގޮތަށް ހަދައިގެން ދުއްވުން ހިމެނޭ ކަމަށެވެ،

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.