މިއަދު ފާސްކުރެވިގެންދިޔަ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއެކު، ފުރިހަމަ ލާމަރުކަޒީ ނިޒާމެއް އެކަށަ އެޅިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ  ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މި ބިލު ފާސްކޮށްފައިވަނީ 76 މެމްބަރުންގެ ވޯޓާއެކުއެވެ.

މި ބިލު ފާސްވުމާއި ގުޅިގެން ރައީސް ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޮޑު ބަޖެޓްގެ ބާރުވެރި ކައުންސިލް ތަކަށް މިއަދު މަގު ފަހިވެފައިވާ ކަމަށާއި އަންހެނުންނަށް ތިންބައިކުޅެ އެއްބައި ގޮނޑި ކަށަވަރު ކުރެވި، ކައުންސިލަރުންގެ އަދަދު އިތުރު ކުރެވި، ކައުންސިލަރުންގެ ދައުރުގެ އިތުރު ކުރެވި އަދި ރަށްރަށުގެ ބިމުގެ މިލްކުވެރިކަން އެ ރަށަށް ހޯދާ ދެވި އަދި ރަށްރަށުގެ އިހުތިސާސް ކަނޑައެޅިފައިވާ ކަމަށެވެ.

މީގެއިތުރުން ފުރިހަމަ ލާމަރުކަޒީ ނިޒާމެއް އެކަށަ އެޅިފައިވާ ކަމަށާއި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހާއި ރައީސް އޮފީހުގެ ޕޮލިސީ އޮފީހުގެ ބޭފުޅުންނާއި އަދި ވަކިން ހާއްސަކޮށް އެމްޑީޕީގެ މަޖިލީހުގެ މެމްބަރުން އަދި މި ބިލުގެ މަސައްކަތް ކުރެއްވި އެންމެންނަށް ރައީސް ނަޝީދު ވަނީ މަރުހަބާ ދަންނަވާފައެވެ.

މި ބިލު ކޮމިޓީން މަރުހަލާއިން މަޖިލީހުގެ ތަޅުމާ ހަމައަށް އައިއިރު ކައުންސިލަރެއްގެ މައްސަލަ ބަލައި ނިންމުމަށްފަހު އެލްޖީއޭ އިން އެކަން މަޖިލީހަށް ހުށަހެޅުމުން މަޖިލީހުގައި ނަގާ ވޯޓަކުން އެ ކައުންސިލަރަކު މަގާމުން ވަކިކުރެވޭ ގޮތަށް ބިލަށް ވަނީ އިސްލާހެއް ގެނެސްފައެވެ. ކޮމިޓީން އެ އިސްލާހު ގެނައުމުން ގިނަ ބަޔަކު ވަނީ އެކަމަށް ފާޑު ކިޔާފައެވެ.

އެހެންކަމުން އެ ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހު ބަދަލުކުރަން ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ސަނީފު ވަނީ މިއަދުގެ ޖަލްސާގައި އިސްލާހެއް ހުށަހަޅާފައެވެ. އެ އިސްލާހުގައި މޭޔަރުންނާއި ކައުންސިލްގެ ރައީސުންނާއި މެމްބަރުން ވަކިކުރުުގެ ބާރު އެއްވެސް ބަޔަކަށް ދިނުމަށް ނިންމާފައެއް ނުވެއެވެ. އޭގެ ބަދަލުގައި އޮތީ ކައުންސިލަރެއްގެ މައްސަލަ ބެލުމަށްފަހު ތިން މަސްދުވަހަށް ސަސްޕެންޑު ކުރުމުގެ ބާރު އެލްޖީއޭ އަށް ދޭ ގޮތަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.