ހުޅުމާލޭގައި ރޭ ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ މަރުގެ މި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށާއި، މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާއިރު، މައްސަލައިގެ ތަހުގީގު ބާރަށް ކުރިއަށްދާ ކަމަށެވެ.

ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވަނީ މާލޭ ދަފްތަރުގައި ރަޖިސްޓްރީ އޮންނަ 59 އަހަރުގެ ގާސިމް ހަސަން ނަމަކަށް ކިޔާ ޓެކްސީ ޑްރައިވަރެކެވެ. 

އޭނާ ނިޔާވެފައި ވަނީ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ރޭ 9:51 ހާއިރު ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.