ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވެރިކަމަށް ގެނައުމަށް 80 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު، އަދި ޑިއާރްޕީގެ ލީޑަރ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިގޮތަށް ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައެވެ.

އެ ސިޓީގައި ޖާބިރު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި ގިނަ އަދަދަކަށް ފައިސާ ހޭދަކޮށްފައިވާނެ ކަމަށާއިމ މި ހޭދަތައް ކޮށްފައި ވަނީ، އެމްޑީޕީގެ ވެރިކަމެއް އަތުވެއްޖެނަމަ ކަންކަން ވެގެންދާނެ ގޮތާއި މެދު ރައީސް ނަޝީދު ދެއްވި ޔަޤީންކަމެއްގެ މައްޗަށް އިތުބާރު ކުރުމަށްފަހު ކަމަށެވެ.

ޖާބިރު ވިދާޅުވީ ސަރުކާރު ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން މައުމޫން އަބްދުލްޤައްޔޫމް ނެންގެވި 29 މިލިއަން ރުފިޔާ އާއި، ރައީސް ޞާލިހުގެ އަތްޕުޅަށް ދެއްވި 12 މިލިއަން ރުފިޔާ އާއި މީގެ އިތުރުންވެސް ކުރެވުނު ހޭދަތައް 80 މިލިއަނުގެ ތެރޭގައި ކުރެވިގެން ދިޔައީ ރައީސް ނަޝީދު ވިދާޅުވެގެން، ރައީސް ޞާލިހަށްވެސް އެނގިގެން ކަމަށެވެ.

ޖާބިރު ވިދާޅުވީ، އެންޑީޕީގެ ވެރިކަމެއް ނެގެވުމަށް އަމިއްލަ ފައިސާ ހަރަދުކޮށްގެން އެބޭފުޅާ ބޮޑު ރިސްކެއް ނެންގެވި ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.