ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސަކަށް މަރިޔަމް ވަހީދާ ހަމަޖައްސައިފިއެވެ.

ބްރޯޑްކޮމްގެ މިއަދުގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސަކަށް މަރީ އިންތިހާބު ކުރިއިރު އެ ކޮމިޝަނުގެ ނައިބު ރައީސަކަށް އިންތިހާބު ކޮށްފައިވަނީ އަހުމަދު ގައިސްއެވެ. މި ދެ ބޭފުޅުންނަކީ ވެސް ދާދިފަހުން އެ ކޮމިޝަނަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިން ދެ ބޭފުޅުންނެވެ.

ބްރޯޑްކޮމްގައި ތިއްބެވި މެމްބަރުންގެ ތެރެއިން އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ޝަހީބް ވަނީ އިސްތިއުފާ ދެއްވައިފައެވެ. އަދި އެ ކޮމިޝަންގެ ނައިބު ރައީސް ފާތުމަތު ޒައިނާ ވަނީ މަޖިލިހުން ވަކިކޮށްފައެވެ.

އޭގެތެރެއިން ތިން މަގާމަކަށް ދާދިފަހުން ރައްޔިތުންގެ މަޖިލީހުން ވަނީ ބޭފުޅުން އައްޔަން ކުރައްވާފައެވެ. އެގޮތުން މަރީ އާއި ގައިސްގެ އިތުރުން ދެން އެ ކޮމިޝަނަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދިނީ ނޫސްވެރިޔާ އަލީ ޔޫސުފް (އައްޔަ) އަށެވެ.

ބްރޯޑްކޮމްގެ ރައީސަކަށް ހަމަޖެއްސި މަރީ އަކީ މީޑިޔާގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ފަރާތެކެވެ. ނަމަވެސް ނައިބް ރައީސަކަށް ހޮވުނު ގައިސްއަކީ މީޑިޔާގެ އެއްވެސް ތަޖުރިބާއެއް ލިބިފައިނެތް ފަރާތެއްކަން ފާހަގަކޮށްލެވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.