އަނެއްކާވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްސަލައެއް އޭސީސީން ދިރާސާ ކުރަން ފަށައިފިއެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް ބައެއް މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވަނީ ރައީސްއާ ގުޅޭ މައްސަލައެއް އެކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ކޮމިޝަނުން ދިރާސާ ކުރަމުންދާ ކަމަށާއި، މިވަގުތު އެ މައްސަލައިގެ އިތުރު ތަފްސީލެއް ހާމަކުރެވެން ނެތް ކަމަށެވެ. އަދި އެ މައްސަލައާއި ގުޅޭ ގޮތުން ވަކި ކަމެއް ނިންމާފައި ނުވާ ކަމަށް ވެސް އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވެފައި ވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްސަލަ ބަލަންފަށައިފައިމިވަނީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ތުހުމަތުތަކާއި ގުޅިގެންކަން ފާހަގަކުރެވެއެވެ.

ޑީއާރުޕީގެ ލީޑަރުކަން ވެސް ކުރައްވާ ޖާބިރު ރައީސަށް ތުހުމަތުތަކެއް ކުރައްވާ ވާހަކަ ދައްކަވާފައިވަނީ އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓަށް ބަހުސް ކުރައްވަމުން މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ.

ޖާބިރު ވަނީ ރައީސް ސޯލިހާއި، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވެސް ވައްކަމުގެ ތުހުމަތުތައް ކުރައްވާފައެވެ.

ޖާބިރު ވިދާޅުވީ ރައީސް ސޯލިހާއި ޝާހިދު އަދި އަމީރު މަގާމު ހޯއްދެވީ ރިޝްވަތު ދެއްވައިގެން ކަމަށާއި، ރައީސް ސޯލިހް މަޖިލީހަށާއި، ފަނޑިޔާރުގެއަށް ނުފޫޒު ފޯރުއްވާ ކަމަށެވެ. 

19 ވަނަ މަޖިލީހުގައި ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު ދަނީ އެކި ސިޔާސީ ބޭފުޅުންނަށް ބޮޑެތި ތުހުމަތުތަށް ކުރައްވަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.