ސަރުކާރުގެ ފުރަތަމަ އަހަރު 60 ގައިދީއެއްގެ އަދަބު ލުއިކޮށްދީފައިވާ ކަމަށް އެޓާނީޖެނެރަލް (އޭޖީ) އޮފީހުން ބުނެފިއެވެ.

އޭޖީ އޮފީހުން މިއަދު ބުނީ މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި 60 ގައިދީއެއްގެ އަދަބު ލުއިކޮށްދީފައިވާ ކަމަށާއި، 49 މީހަކަށް މައާފްކޮށްދިނުމަށް ނުވަތަ އަދަބު ލުއިކޮށްދިނުމަށް ނުފެންނަ ކަމަށް ކްލެމެންސީ ބޯޑުން ރައީސަށް ލަފާދެއްވާފައިވާ ކަމަށެވެ.

60 ގައިދީއަކަށް ކްލެމެންސީ ބޯޑުން އަދަބު ލުއިކޮށްދިނުމަށް ނިންމާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މި އަހަރުގެ ނޮވެމްބަރުގެ މަހުގެ ނިޔަލަށެވެ.

މައާފްދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން، ކްލެމެންސީ ބޯޑުގެ ރައީސަކީ އެޓާނީ ޖެނެރަލްއެވެ. އަދި އެ ގާނޫނުގެ ދަށުން ކްލެމެންސީ ބޯޑުގެ މަސައްކަތަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދެނީ އޭޖީ އޮފީހުންނެވެ.

މައާފް ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން، މައާފު ދީގެން ނުވާނެ ކުށްތަކުގެ ތެރޭގައި މީހުން މެރުމާއި މަސްތުވާތަކެތި ޓްރެފިކް ކުރުމާއި ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމާއި ޓެރަރިޒަމްގެ ކުށްތައް ފަދަ ބޮޑެތި ކުށްތައް ހިމެނެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *