ރޭ ހުޅުމާލޭގައި ވަރަށް އަނިޔާވެރިކޮށް މަރާލި ހަސަން ގާސިމަށް އިއްޔެ ބަޔަކު އިންޒާރު ދިން ކަމަށް ގާސިމްގެ ގާތް މީހަކު ބުނެފިއެވެ.

އޮންލައިން ނޫސް "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ އިއްޔެ ގާސިމްގެ ކާރު ސޯސަންމަގުން ދުއްވާފައި ދަނިކޮށް ސައިކަލެއްގައި ޖެހުނު ކަމަށާއި އެ ސައިކަލްގައި ތިބި ދެމީހުން ގާސިމަށް އިންޒާރު ދިން ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"އެކްސިޑެންޓް ވުމުން ސައިކަލްގައި ތިބި ދެމީހުން ވަނީ ދުއްވާލާނެ ކަމަށް ބުނެ އިންޒާރު ދީފައި." މައުލޫމާތު ދިން މީހާ ބުންޏެވެ.

ގާސިމްގެ މަރާއި ގުޅިގެން ފުލުހުން އަދި އެއްވެސް މައުލޫމާތެއް ނުދެއެވެ. ނަމަވެސް ފުލުހުން ވަނީ ޤާތިލުން ހޯދުމަށް ހާއްސަ އޮޕަރޭޝަން އެއް ފަށައިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.