ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލައިފިއެވެ.

މަރާލައިފައިވަނީ މާލޭގައި ދަފްތަރުގައި ރަޖިސްޓްރީ އޮންނަ 59 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ވަރަށް ބޮޑަށް ޒަހަމްވެފައިވާ މީހެއްގެ ފޮޓޯ މީސް މީޑިއާގައި ދައުރުވަމުން ދާއިރު، ފޮޓޯ އިން ފެންނަ ގޮތުގައި އޭނާގެ ހަށިގަނޑުން ވަނީ ވަރަށް ގިނަ އަދަދެއްގެ ލޭ ފައިބާފައެވެ.

ހުޅުމާލޭ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ 21:22 ގައި ޒަހަމްވެފައިވާ މީހަކު އެ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށާއި، ނިޔާވެފައިވާ ކަން ޑޮކްޓަރު ކަށަވަރު ކޮށްދެއްވީ 21:51 ގައި ކަމަށެވެ.

ހުޅުމާލޭ ހޮސްޕިޓަލުން ވިދާޅުވީ އޭނާގެ އަތާއި ކަރުގައި ވަރަށް ފުން ޒަހަމެއް ހުރި ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރާލި މީހާއަކީ ޓެކްސީ ޑްރައިވަރެކެވެ. އަދި އޭނާއަށް ހަމަލާދީފައިވަނީ ގުރޫޕަކުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.