މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަންގެ ރައީސް ކަމަށް އެ ކޮމިޝަނަށް އަލަށް އައްޔަނުކުރެވުނު އަލީ ޔޫސުފް ކުރިމަތިލާން ނިންމައިފިއެވެ.

އެކަން ހާމަކުރައްވާ އަލީ ޔޫސުފް ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ބްރޯޑްކާސްޓިންގް ދާއިރާ ތަރައްގީ ކުރުމަށް ވެފައިވާ އިހުމާލުތައް ތަޖުރިބާ ކޮށްފައިވާ މީހެއްގެ ހައިސިއްޔަތުން ބްރޯޑްކޮމްގެ ރައީސް ކަމަށް ކުރިމަތިލާން ނިންމާފައިވާ ކަމަށެެވެ.

"ބްރޯޑްކާސްޓިންގް ދާއިރާގައި ހުރި ގޮންޖެހުންތަކާއި، އެ ދާއިރާ ތަރައްގީ ކުރުމަށް ވެފައިވާ އިހުމާލުތައް ތަޖުރިބާ ކުރެވިފާ މީހެއްގެ ހައިސިއްޔަތުން، އެ ދާއިރާ ރަނގަޅު ކުރުމުގެ ނިޔަތާއި އެކު ބްރޯޑްކޮމްގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލާން އަޅުގަނޑު ގަސްދުކޮށްފިން" އަލީ ޔޫސުފްގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

އަލީ ޔޫސުފްގެ އިތުރުން ދެން އެ ކޮމިޝަނަށް އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދީފައި ވަނީ އަހުމަދު ގައިސް އާއި މަރިޔަމް ވަހީދާ އަށެވެ.

ރާއްޖޭގެ މަޝްހޫރު ނޫސްތަކުގައި މީގެ ކުރިންވެސް މަސަތްކަތް ކޮށްފައިވާ ނޫސްވެރިޔާ އަލީ ޔޫސުފް ބްރޯޑްކޮމް އަށް އައްޔަން ކުރުމަށް ފާސްކޮށްފައި ވަނީ 66 މެންބަރުންގެ ވޯޓުންނެވެ.

އަލީ ޔޫސުފްއަކީ ނޫސްވެރިކަމުގެ ޚާއްސަ އިނާމް "ނޫސްވެރިކަމުގެ ރަން ޤަލަމް" ލިބިފައިވާ ފަރާތެއްކަން ފާހަގަކުރަމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.