ޔާއޯ ފީލިކްސްއަށް ކުުޅުމުގެ ތެރެއަށް އެންމެ އަވަހަށް ވެސް އާދެވޭނީ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު

އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ފޯވާޑް ޔާއޯ ފީލިކްސް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. ބުދަ ދުވަހު އޭނާއަށް ކޮވިޑް ޖެހުނުކަން އެތުލެޓިކޯއިން ޔަގީންކޮށްދިންއިރު މިވަގުތު އޭނާ ހުރީ ހޯމް އައިސޮލޭޝަންގައެވެ.

ފީލިކްސްއަށް ކުޅުމުގެ ތެރެއަށް އެނބުރި އާދެވޭނީ ހޯމް އައިސޮލޭޝަންގައި 10 ދުވަސް ހޭދަކުރުމަށްފަހު ނެގެޓިވްވުމުންނެވެ. އެންމެފަހުން އާދިއްތަ ދުވަހު 4-2 ގެ އަތުން ކާޑީޒް އަތުން އެތުލެޓިކޯ މޮޅުވި މެޗުގައި ވެސް ފީލިކްސް ވަނީ 60 މިނެޓު ކުޅެފައެވެ. އެ މެޗުގައި އޭނާގެ ފަރާތުން އެއްވެސް ބަލިމަޑުކަމުގެ އަލާމާތެއް ވެސް ފެނިފައެއް ނުވެއެވެ.

ފީލިކްސް ކޮވިޑަށް ޕޮޒިޓިވްވީ އެޓީމަށް ކުޅޭ ބެލްޖިއަމްގެ މިޑްފީލްޑަރު ޔަނިކް ފެެރެއިރާ ކަރަސްކޯ އަދި ސްޕެއިންގެ ޑިފެންޑަރު މާރިއޯ ހަރްމޯސޯ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނުތާ ހަތަރު ދުވަސް ވެސް ނުވަނީހެވެ. މިކަމުގެ ސަބަބުން އެޓީމުގެ ކޯޗު ޑިއޭގޯ ސިމިއޯނޭއަށް ވަނީ ފުރަތަމަ އެގާރައަށް ނަގާނެ ކުޅުންތެރިންނާއި މެދު ވަރަށް ބޮޑަށް ވިސްނަން ޖެހިފައެވެ. މި ހުރިހާ ކުޅުންތެރިންނަކީ ވެސް ގަވާއިދުން ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅޭ ކުޅުންތެރިންނެވެ.

ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ސެލްޓަ ވީގޯ އަދި ގްރަނަޑާއާ ދެކޮޅަށް ލަލީގާގައި އެތުލެޓިކޯ ކުޅޭ މެޗުތަކުގައި ފީލިކްސްއަށް ނުކުޅެވޭނެއެވެ. އޭނާއަށް ކަރަންޓީނު ފުރިހަމަކޮށް އެންމެ އަވަހަށް ވެސް ކުޅުމުގެ ތެރެއަށް އާދެވޭނެ ކަމަށް ބެލެވެނީ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.