ހދ. ހަނިމާދޫ ގައި މީހަކު ރަހީނު ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ޑިސެންބަރު 1 ވަނަ ދުވަހުގެ ވަގުތެއްގައި ހަނިމާދޫގައި 22 އަހަރުގެ ފިރިހެނަކަށް ބަޔަކު ބިރުދައްކައި އަނިޔާކޮށް ރަހީނުކޮށްގެން ގެންގުޅޭ ކަމުގެ މައްސަލައެއް ހުށައެޅި ކަމަށެވެ.

ފުލުހުން ވިދާޅުވީ، ރަހިނުކޮށްފައި ވާ މީހާ ސަލާމަތްކޮށް ހޮސްޕިޓަލަށް ގެންގޮސް ދީފައިވާ ކަމަށާއި، އެ މައްސަލައާއި ގުޅިގެން އޭގެ އަނެއް ދުވަހު ކޯޓު އަމުރެއްގެ ދަށުން 27 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި މި މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން މި ދެ މީހުންގެ ބަންދަށް 10 ދުވަސް ދީފައިވާ ކަމަށް ފުލުހުން ވިދާޅުވި އެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.