ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ ކަމުގެ މަޤާމުން، ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ފަނޑިޔާރު ޣަނީ، މަޤާމުން ވަކިކުރުމަށް ފެންނަ ކަމަށް މިއަދު މަޖިލީހުގައި ކުރިޔަށްގެންދިޔަ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 64 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ. ޤަނީ މަޤާމުން ވަކިކުރަން ނުފެންނަ ކަމަށް ދެ މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.

ފަނޑިޔާރު ޣަނީ މަގާމުން ވަކި ކުރުމަށް ފެންނަ ކަމަށް ނިންމާފައި ވަނީ، ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

އެގޮތުން ކޮމިޓީން ނިންމީ ފަނޑިޔާރު ޣަނީ ވަކި ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމާފައިވަނީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށެވެ. 

ޖޭއެސްސީން ފަނޑިޔާރު ޣަނީ ވަކިކުރަން މަޖިލީހަށް ފޮނުވީ ގާނޫނުއަސާސީއާ ހިލާފަށް ސުޕްރީމް ކޯޓުން ނިންމުންތަކެއް ނިންމާފައިވާއިރު އެ ނިންމުންތަކުގައި ޣަނީ ބައިވެރިވެ ވަޑައިގެންފައިވާ ކަމަށްބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.