ޒުވާން އުމުރުގައި ބޮލުގައި ނުރަ ޖެހުމަކީ ވަރަށް ގިނަ ފަރާތްތައް އެކަމާއި ކަންބޮޑުވެ ލަދުގަންނަ ކަމެކެވެ. ބޮލުގައި ނުރަޖެހުމަކީ ހަަމައެކަނި އުމުރުން ދުވަސްވުމުން ދިމާވާ ކަމެއްް ނޫނެވެ. ބައެއް މީހުންގެ އުމުރުން 20ގެ އަހަރުތައް ގުނަމުންދާއިރުގައިވެސް ބޮލުގައި ނުރަ ޖަހައެވެ. އެކަމާއި ކަންބޮޑުވެ ނުރަ ފޮރުވުމަށްޓަކައި ތަފާތު ކެމިކަލް ބޭނުން ކޮށްގެން ހަދާފައި ހުންނަ ކުލަ ޖައްސައެވެ. އެކަމުގެ ސަބަބުން އިސްތަށިގަނޑު ޑްރައިވެ ބޮލުން އާދަޔާ ޚިލާފަށް އިސްތަށިފައިބާގޮތްވެސް މެދުވެރިވެއެވެ.
ގިނަ ފަހަރަށް ޒުވާން އުމުރުގައި ބޮލުގައި ނުރަޖަހަން ދިމާވަނީ މީހާގެ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަގޮތުންކަމަށް ދިރާސާތަކުން ދައްކައެވެ. ނުރަޖަހަން ދިމާވާ ސަބަބުތަކުގެ ތެރޭގައި ހަށިގަނޑަށް ފައިދާ ހުރި ކާނާ ބޭނުން ނުކުރުމާއި، މާބޮޑަށް މީހާ ސްޓްރެސްވުމާއި، ސާފުވައި ނުލިބުން، އިސްތަށިގަނޑަށް ބޭނުންވާ ވިޓަމިން މަދުވުން އަދި ބޭނުންކުރާ ފެނުގެ ސަބަބުންނެވެ.
ބޮލުގައި ނުރަޖެހުން މަދުކުރުމަށްޓަކައި ގޭގައި ތިބެގެން ކޮށްލެވިދާނެ ކަންތައްތައްތަކުގެ ތެރޭގައި:
އާމްލާ އަދި ކާށިތެޔޮ ބޭނުންކުރުން
އާމްލާ އަވީގައި ބަހައްޓައިގެން ހިއްކާލުމަށްފަހު ހިމުންކޮށް މުގުރައި، ހޫނުކޮށްފައިހުރި ކާށިތެޔޮފިދަކާއި ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ތަލައިގައި ރަނގަޅަށް ހޭކުމަށްފަހު 15 ނުވަތަ 20 މިނެޓް ބެހެއްޓުމަށްފަހު ބޯ ދޮވެލާށެވެ. މިގޮތަށް ކޮންމެ ދެހަފްތާއަކުން އެއްހަފްތާގައި ހަދަމުން ގެންދާށެވެ.
ކޮފީ އަދި ސައިފަތް ބޭނުންކުރުން
ހޫނުފެންފޮދެއްގެ ތެރެއަށް 2 މޭޒުމަތީ ސަމްސަލުގެ ކޮފީއާއި ދެ ޓީބޭގް ލާފައި ބަހައްޓާށެވެ. އަދި ހިހޫންވުމުން އެ ފެން އިސްތަށިގަޑުގައި ހާކާލާށެވެ.
ހިކަނދިފަތް އަދި ޔޯގަޓް ބޭނުންކުރުން
ހިކަނދިފަތް މުގުރުމަށްފަހު ޔޯގަޓާއި މިކްސްކޮށް އިސްތަށިގަނޑުގައި ހާކާލުމަށްފަހު 15 ނުވަތަ 20 މިނެޓް ބަހައްޓުމަށްފަހު ދޮވެލާށެވެ.
މީގެ އިތުރުން ކޮންމެ ދުވަހަކުވެސް 1 މޭޒުމަތީ ސަމްސާ ގީ ހޫނުކޮށްލުމަށްފަހު ތަލައިގައި މަސާޖްކޮށްލުމަކީވެސް އިސްތަށުިގަނޑު ނުރަވުން ހުއްޓުމަށް އޮތް ހައްލެކެވެ.