މަހަކު 60،000 ރުފިޔާއަށްވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން އިންކަމްޓެކްސް ނެގުމަށް ކަނޑައަޅައި، އާމްދަނީން ޓެކްސް ނެގުމުގެ ބިލު (އިންކަމްޓެކްސް ނެގުމުގެބިލު) ރައްޔިތުންގެ މަޖިލީހުން ދާދި ދެންމެ ފާސްކޮށްފިއެވެ.

އިންކަމް ޓެކްސްގެ ބިލް މަޖިލިހުން ފާސްކުރީ ވޯޓުގައި ބައިވެރިވި 67 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ބިލް ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ތިން މެމްބަރުންނެވެ

މި ބިލް ސަރުކާރުގެ ފަރާތުން، ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) އެވެ. ވައްޑެ ހުށަހެޅުއްވި ބިލަށް މުޅި މަޖިލިސް ބައިވެރިވެގެން، ދިރާސާކޮށް، ވަނީ ގިނަ އިސްލާހުތަކެއް ހުށަހަޅައި، ފާސްކޮށްފައެވެ.

މި ބިލުގައި ވާގޮތުން މުސާރައިގެ ގޮތުގައި ލިބޭ އާމްދަނީން ޓެކްސް ނަގަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ އެކަކުން ފެށިގެންނެވެ. ދެން ހުރި ފަރާތްތަކުގެ އަތުން ޓެކްސް ނަގަން ފަށަން ވާނީ އަންނަ ޖެނުއަރީ އެކަކުން ފެށިގެން ކަމަށް އެ އިސްލާހުގައިވެެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.