India - Maldives virtual meeting
މިއަދު ވަރޗުއަލްކޮށް ކުރިއަށް ދިޔަ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: އިންޑިއަން އެމްބަސީ

އިންޑިއާގެ އިން ފޯރުކޮށްދީފައިވާ ލައިން އޮފް ކްރެޑިޓް (އެލް.އޯ.ސީ) ގެ ދަށުން ހިންގޭ މަޝްރޫއުތަކާއި ގުޅޭ ގޮތުން ދެ ގައުމުގެ ސަރުކާރުގެ ހައި ލެވެލް ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ.

ވަރޗުއަލްކޮށް މިއަދު ބޭއްވެވި ބައްދަލުވުމުގައި އިންޑިއާ ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގެންފައި ވަނީ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް އަދި އިންޑިއަން ހައި ކޮމިޝަން އަދި އިންޑިއާގެ އެގްޒިމް ބޭންކުގެ އިސް އޮފިޝަލުންނެވެ. ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ހައި ކޮމިޝަންގެ އިސް އޮފިޝަލުންނާއި، އަލަށް އުފެއްދިފައިވާ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓުގެ އޮފިޝަލުންނާއި، ފޮރިން މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ، އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓްރީ، ޕްލޭނިން މިނިސްޓްރީ، ހައުސިން މިނިސްޓްރީ، އަދި ހެލްތު މިނިސްޓްރީގެ އިސް ބޭފުޅުންނެވެ.

އިންޑިއާއިން ފޯރުކޮށްދީފައިވާ އެލް.އޯ.ސީގެ ދަށުން މުޅިއަކު 1،240 މިލިއަން ޑޮލަރުގެ 9 މަޝްރޫއުއެއް އަންނަނީ ހިންގަމުންނެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • ރާއްޖޭގެ 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއު
  • އައްޑޫ ސިޓީ މަގުހެދުމާއި ބިން ހިއްކުމުގެ މަޝްރޫއު
  • ބައިނަލްއަގްވާމީ ކްރިކެޓް ސްޓޭޑިއަމް މަޝްރޫއު
  • ގުޅީފަޅު ޕޯޓް މަޝްރޫއު
  • ގްރޭޓާ މާލޭ ކަނެކްޓިވިޓީ މަޝްރޫއު
  • ހަނިމާދޫ އިންޓަނެޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު
  • ކެންސަރު ހޮސްޕިޓަލް ގާއިމް ކުރުމުގެ މަޝްރޫއު
  • އައްޑޫ ގަން އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު
  • މިފްކޯ ފެސިލިޓީތައް ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއު

މީގެ ތެރެއިން 5 މަޝްރޫއުގެ ޓެންޑަރިން މަރުހަލާގެ މަސައްކަތް މިހާރުދަނީ ކުރިއަށެވެ. މިއަދުގެ މަޝްވަރާ ބައްދަލުވުމުގައި ދެ ގައުމުންވެސް ވަނީ ކަނޑައަޅާފައިވާ ތާވަލާއި އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިޔުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ.

އެގްޒިމް ބޭންކުން ދިވެހިރާއްޖެއަށް ދޫކޮށްފައިވާ އެލް.އޯ.ސީ އަކީ 1.75 އިންސައްތަ އިންޓްރެސްޓް ރޭޓަކާއެކު، 5 އަހަރުގެ މޮރެޓޯރިއަމް އަކާއެކު ދޫކޮށްފައިވާ ލޯނެކެވެ. މި ލޯނު ދެއްކުމަށް 20 އަހަރުގެ މުއްދަތެއް ލިބޭނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *