ރާއްޖެ ކައިރީ ބާރުގަދަ ތިން ކޮޅިގަނޑު އުފެދިފައިވާކަމަށް ރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވިދާޅުވެއްޖެއެވެ.

މެޓް އޮފީހުން ވިދާޅުވީ، ރާއްޖެ ކައިރީގައި ބާރުގަދަ ތިން ކޮޅިގަނޑެއް އުފެދިފައިވާ ކަމަށާއި، އޭގެ ތެރެއިން ރާއްޖޭގެ އުތުރުގައި އުފެދިފައިވާ ކޮޅިގަނޑު ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ތޫފާނަކަށް ބަދަލުވެ ހުޅަނގު އުތުރަށް ޖެހެމުންދާނެ ކަމަށެވެ.

އަދި ރާއްޖޭގެ ހުޅަނގުގައި އުފެދިފައިވާ ކޮޅިގަނޑު ކުރިއަށް އޮތް 12 ގަޑިއިރުގެ ތެރޭގައި ތޫފާނަކަށް ބަދަލުވެ، ހުޅަނގު އުތުރަށް ޖެހެމުންދާނެ ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ހުޅަނގު ދެކުނުގައި އުފެދިފައިވާ ކޮޅިގަނޑު ކުރިއަށް އޮތް 36 ގަޑިއިރުގެ ތެރޭގައި ތޫފާނަކަށް ބަދަލުވެ ހުޅަނގު ދެކުނަށް ޖެހުމްދާނެކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ.

މެޓް އޮފީހުން އިތުރަށް ވިދާޅުވީ، ތިން ކޮޅިގަނޑުވެސް ދަތުރުކުރަމުންދަނީ ރާއްޖެއާ ދުރަށް ކަމަށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ކަނޑު ދަތުރުފަތުރު ކުރުމުގައި މޫސުމަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.