Police curfew

މިއަދު 121 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 16،276 އަށް އަރައިފިއެވެ.

ޖެނުއަރީ މަހުގެ ފަހު ހަފްތާގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ހުރީ ކޮންމެ ދުވަހަކު ވެސް 100 އިން މަތީގައެވެ. އަދި ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު މި އަދަދު މިވަނީ 200 ފަހަނައަޅައި ގޮސްފައެވެ. އެހެންނަމަވެސް އިއްޔެ 100 އިން ދަށަށް އަދަދު ވެއްޓުމަށްފަހު އަނެއްކާވެސް މިވަނީ އެ އަދަދު މަތިވެފައެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސްހިސާބުން ދައްކާގޮތުން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 102 މީހަކާއި، ރަށްރަށުން 4 މީހަކާއި، ރިސޯޓުތަކުން 15 މީހަކެވެ. ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 3،197 ސާމްޕަލް ނަގައި، ޓެސްޓުކޮށްފައިވެއެވެ.

މައުލޫމާތުތައް ދައްކާގޮތުން ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުންދަނީ 178 މީހަކަށެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދާ ޖުމްލައަކީ 1،879 އެވެ. މި ބަލިން މިހާތަނަށް ރާއްޖެއިން ވަނީ 14،337 މީހަކު ރަނގަޅުވެފައެވެ.

ކޮވިޑްގެ އަދަދުތައް ރެކޯޑް މިންވަރަކަށް އިތުރުވަމުންދާއިރު ދީފައިވާ ބައެއް ލުއިތައް އަނބުރާ ގެނެސް ފިޔަވަޅުތައް ހަރުކަށިކުރަން ވަނީ ފަށާފައެވެ. އެގޮތުން މިހާރުވަނީ މާލެ ސަރަހައްދުގައި ރޭގަނޑު 11 އިން ފަތިހު 4:30 އަކަށް ކަރފިއު އިއުލާންކޮށް، މާދަމާ ރޭ 8:30 އިން ފެށިގެން ރޭގަނޑު 11 އާއި ހަަމައަށް ވެހިކަލް ދުއްވުން މަނާ ކޮށްފައެވެ. މި ފިޔަވަޅުތަކުގެ ނަތީޖާ ފެންނަން ދެތިން ހަފްތާ ނަގާނެކަމަށްވެސް އެޗްއީއޯސީއިން ވަނީ ހާމަކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *