Fuvahmulah nursery
ދިވެހި ބޭސްވެރިކަމަށް ބޭނުންކުރާ ގަސްތަކުގެ ނާސަރީ ހުޅުވަނީ -- ފޮޓޯ: ފުވައްމުލަކު ނޭޗަރ ޕާރކް

ދުނިޔޭގެ ކިޅި، ފާ އަދި ޗަސްބިމުގެ ދުވަސް ފުވައްމުލަކުގައި ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

މި ދުވަސް ފުވައްމުލަކުގައި ފާހަގަކޮށްފައިވަނީ އެ ސިޓީ ނޭޗަރ ޕާރކުން އިސްނަގައިގެން ސިޓީ ކައުންސިލާއި ގުޅިގެންނެވެ. ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހު ފާހަގަކުރާ "ވެޓް ލޭންޑްސް" ޑޭ، 2017 ވަނަ އަހަރުން ފެށިގެން އަންނަނީ ކޮންމެ އަހަރަކުވެސް ފުވައްމުލަކުގައި ފާހަގަކުރަމުންނެވެ.

މި އަހަރުގެ ވެޓް ލޭންޑްސް ޑޭ ފާހަގަކުރުމުގެ ގޮތުން، ފުވައްމުލަކު ނޭޗަރ ޕާރކުން އިސްނަގައިގެން ވަނީ މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 3 ވަނަ ދުވަހާއި ހަމައަށް ސޯޝަލް މީޑިއާ އެވެއަރނެސް ކެމްޕޭނެއް ކުރިއަށް ގެންގޮސްފައެވެ. އަދި، ސްކޫލްތަކުގައި ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކެއްވެސް ހިންގާފައިވެއެވެ.

މީގެއިތުރުންވެސް، މި ދުވަހާއި ގުޅިގެން ފުވައްމުލަކުގެ ޗަސްބިންތަކުގައި ހެދޭ ދިވެހި ބޭސްވެރިކަމަށް ބޭނުންކުރާ ގަސްތަކުގެ ނާސަރީއެއް ދަޑިމަގި ކިޅި ސަރަޙައްދު (ފުވައްމުލަކު ނޭޗަރ ޕާރކުގެ އޮފީސް ހުންނަ ސަރަޙައްދު) ގައި ވަނީ ހުޅުވާފައެވެ. އަދި ދަނޑިމަގި ކިޅި ސަރަޙައްދުގައި ވަނީ އެފް.އެން.ޕީ ލިޓްލް ލައިބަރަރީ ވެސް ހުޅުވާފައެވެ.

ވޯރލްޑް ވޭޓްލޭންޑްސް ޑޭ ގޮތުގައި ފެބުރުވަރީ 2 ފާހަނގަކުރަނީ ޗަސްބިންތަކާއި ބެހޭގޮތުން ބޭއްވުނު ފުރަތަމަ ކޮންވެންޝަން 1971 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 2 ވަނަ ދުވަހު އީރާނުގެ ކެސްޕިއަން ކަނޑުގެ ގޮނޑުދޮށުގައި ބާއްވާފައިވާތީއެވެ. މިއަހަރުގެ މިދުވަހުގެ ޝިޢާރަކީ "ވެޓްލޭންޑްސް އެންޑް ވޯޓަރ" އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.