މާލޭގައި ކުށްޔަށް އުޅޭ މާލީ ތަނަވަސްކަން ކުޑަ މީހުންނަށް ކުލީގެ ގޮތުގައި ދައްކާ ފައިސާގެ %70 ސަރުކާރުން ދޭން ޖެހޭގޮތަށް ކަނޑައަޅައި ގަރާރެއް މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ކާށިދޫ ދާއިރާގެ މެންބަރު އަިދ ޑީއާރްޕީގެ ލީޑަރ އަބްދުﷲ ޖާބިރު ނިންމަވައިފިއެވެ.

ޖާބިރުގެ މި ގަރާރުގައި ބުނެފައިވަނީ ރާއްޖޭގެ ބޮޑު އާބާދީއެއްގެ މީހުން ދިރިއުޅެނީ މާލޭގައި ކަމަށާއި، މާލޭގައި ކުއްޔަށް ދިރިއުޅޭ ފަރާތްތަކަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާގެ ބޮޑުބައެއް ހަރަދުކުރަން ޖެހެނީ ދިރިއުޅޭ ތަނަށް ކުލި ދެއްކުމަށް ކަމަށެވެ.

މީގެ އިތުރުން މާލޭގެ ކުލިތައް ދަނީ އަހަރުން އަހަރަށް ބޮޑުވަމުން ކަމަށް ގަރާރުގައި ފާގަކުރައްވާފައި ވެއެވެ.

މާލޭގައި ތަންތަން ކުއްޔަށް ހިފައިގެން ދިރިއުޅެމުން އަންނަ ފަރާތްތަކާއި، މާލޭގެ ރައްޔިިތުންގެ ތެރެއިން ބޯހިޔާވަހިކަން ބޭނުންވެފައި ތިބި ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ކޮންމެ ކެންޑިޑޭޓެއްގެ ވެސް ރިޔާސީ ވައުދެއްކަން ފާހަގަކޮށް ގަރާރުގައި ބުނެފައިވަނީ، ރައްޔިތުން އިންތިހާބުކުރި އެއްވެސް ސަރުކާރަކަށް އެ މައްސަލައަށް ހައްލު ހޯދިފައި ނުވާ ކަމަށެވެ.

އަދި މި ސަރުކާރުންވެސް ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދަން ބޮޑު ހަރަދެއް ކުރަން ނިންމާފައިވާ ކަން ފާހަގަކުރައްވާ ޖާބިރު ވިދާޅުވީ، ދިވެހިންގެ ތެރެއިން މާލޭގައި ދިރިއުޅޭ މާލީ ތަނަވަސްކަން ކުޑަ ފަރާތްތަކަށް ސަރުކާރުން ފޯރުކޮށްދެއްވާ ބޯހިޔާވަހިކަން ލިބުމާ ހަމައަށް ފާއިތުވެގެންދާ ދުވަސްތަކުގައި ކުލީގެ ގޮތުގައި އެފަރާތްތަކުން ހަރަދު ކުރަންޖެހިފައިވާ ފައިސާގެ އަދަދު އިންސާފުވެރިކަމާއެކު ބަލައި، އެއަދަދެއްގެ 70 އިންސައްތަ ސަރުކާރުން އެފަރާތްތަކަށް ލިބިގެންދާނެ ގޮތުގެ އިންތިޒާމުކުރަން ޖެހޭކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.