ހުކުރު މިސްކިތުގެ މުންނާރުގައި ކަސްޖަހާފައި ހުރުމުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވަމުން ދަނިކޮށް އެމުންނާރު ސާފުކުރުމުގެ މަސައްކަތް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ފައްޓަވައިދެއްވައިފިއެވެ.

މުންނާރު ސާފުކުރުމުގެ މަސައްކަތްކުރިއަށް ގެންދަނި މިނިސްޓްރީ އޮފް ހެރިޓޭޖުގެ ބެލުމުގެ ދަށުންނެވެ. 

މުންނާރު ވަރަށް ބޮޑަށް ހަޑިވެފައިވުމުން ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައިވާއިރު، ސަގާފީ ތަރިކަ ރައްކާތެރިކުރުމާ ބެހޭ ޤައުމީ މަރުކަޒުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މުންނާރު އާބާތުރަ ފިލުވުމުގެ މަސައްކަތް މޫސުން ރަނގަޅުވުމާއެކު ކުރާނެ ކަމުގައެވެ.

މާލޭ ހުކުރު މިސްކިތުގެ މުންނާރަކީ މާލޭގައި ހުރި މުހިއްމު އާސާރީ ބިނާތަކުގެ ތެރޭގައި ހިމެނޭ ބިނާއެކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.