MIRA
-- ފޮޓޯ: މިހާރު

ރާއްޖޭގައި ކޮވިޑް-19 ފެތުރެން އިތުރުވެފައިވާތީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހިދުމަތްދޭ ވަގުތުތަކަށް ބަދަލު ގެނައުމަށް ނިންމައިފިއެވެ.

މީރާއިން މިއަދު ހާމަކޮށްފައިވާ ގޮތުގައި، އަންނަ ހަފްތާގެ އާދީއްތަ ދުވަހުން ފެށިގެން ޓެކްސްޕެޔަރ ސަރވިސް ސެންޓަރާއި ހުޅުމާލެ ކަލެކްޝަން ސެންޓަރުގެ ހިދުމަތް ދޭ ވަގުތުތަކަށް ބަދަލުގެނައުމަށް ވަނީ ނިންމާފައެވެ. އެގޮތުން، ހިދުމަތް ދިނުމަށް ނަންބަރު ދޫކުރުމަށް ނިންމާފައިވަނީ ހެނދުނު 08:15 އިން މެންދުރު 12:00 އަށެވެ.

ނަންބަރުތައް ދޫކުރުމަށް ހަމަޖެހިފައިވަނީ މިހާރުވެސް އަމަލުކުރަމުންދާ ގޮތަށް، މީރާގެ މޯބައިލް އެޕްލިކޭޝަން އަދި "ކިއުބީ" އެޕްލިކޭޝަން މެދުވެރިކޮށެވެ. މި އެޕްލިކޭޝަން ތަކުން ނަންބަރު ނަގަން ދަތިވާނަމަ މީރާގެ ފޯން ނަންބަރު 3020460 އާ ގުޅަގައިގެން އެޕޮއިންޓްމެންޓް ހެއްދޭނެކަމަށްވެސް މީރާއިން ވަނީ ބުނެފައެވެ.

މީގެއިތުރުންވެސް، ކޮވިޑް-19 ކޭސްތައް އިތުރުވަމުންދާތީ ހިދުމަތް ހޯއްދަވާ ހުރިހާ ފަރާތްތަކުންވެސް އޮންލައިންކޮށް ހިދުމަތް ހޯއްދެވުމަށް މީރާއިން ވަނީ އެދިފައެވެ. އެގޮތުން، މިހާރުވެސް ޓެކްސްބަޔާނާއި، ޓެކުހާއި އަދި އެހެނިހެން ފައިސާތައްވެސް އޮންލައިންކޮށް ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވާނެކަން މީރާއިން ވަނީ ފާހަގަކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.