Taxi
ޓެކްސީ ކުރެވޭނީ އިއުލާންކޮށްފައިވާ އަގުތަކުގައި އެކަނި -- ފޮޓޯ: މިހާރު

ގްރޭޓަރ މާލެ ސަރަހައްދުގައި ޓެކްސީ ކުރެވޭނެ އަގުތަކަށް ބަދަލު ގެނައުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއިން ނިންމައިފިއެވެ.

އެ އޮތޯރިޓީއިން މިއަދު ކޮށްފައިވާ އިއުލާނެއްގައިވާ ގޮތުން، މި ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުން ފެށިގެން ޓެކްސީ ކުރަންވާނީ އެ އޮތޯރިޓީއިން މިއަދު އާންމުކޮށްފައިވާ އަގުތަކަށެވެ. އެއަށްވުރެ ބޮޑު އަގެއް ނެގުމަކީ މަނާކަމެއް ކަމަށާއި، ޓެކްސީގެ ޑިކީއަށް ނުވަތަ ޓެކްސީ ތެރެއަށް އަރުވާ ދާގީނާއަކަށް އިތުރު އަގެއް ނެގުމަކީވެސް މަނާކަމެއް ކަމުގައި ޓްރާންސްޕޯޓް އޮތޯރިޓީއިން ވަނީ ބުނެފައެވެ.

މިއަދު އިއުލާންކޮށްފައިވާ ޓެކްސީ އަގުތަކަކީ:

 • މާލެ ، ހުޅުމާލެ ފިޔަވަހި 1 އަދި ހުޅުމާލެ ފިޔަވަހި 2 ގެ އެތެރޭ ދަތުރުތަކުގެ އަގު މިހާރުވެސް ދަތުރު ކުރާ އަގުކަމަށްވާ -/25 ރުފިޔާ

 • މާލެ - ހުޅުލެ ދަތުރެއްގެ އަގު -/60 ރުފިޔާ

 • ހުޅުލެ - މާލެ ދަތުރެއްގެ އަގު -/60 ރުފިޔާ

 • ހުޅުލެ - ހުޅުމާލެ ދަތުރެއްގެ އަގު -/60 ރުފިޔާ

 • ހުޅުމާލެ - ހުޅުލެ ދަތުރެއްގެ އަގު -/60 ރުފިޔާ

 • މާލެ - ހުޅުމާލެ ފިޔަވަހި 1 ގެ ދަތުރެއްގެ އަގު -/75 ރުފިޔާ

 • ހުޅުމާލެ ފިޔަވަހި 1  - މާލެ ދަތުރެއްގެ އަގު -/75 ރުފިޔާ

 • މާލެ - ހުޅުމާލެ 2 ވަނަ ފިޔަވަހީގެ ދަތުރެއްގެ އަގު -/90 ރުފިޔާ

 • ހުޅުމާލެ 2 ވަނަ ފިޔަވަހި - މާލެ ދަތުރެއްގެ އަގު -/90 ރުފިޔާ

 • ހުޅުމާލެ 2 ވަނަ ފިޔަވަހި - ހުޅުލެ ދަތުރެއްގެ އަގު -/75 ރުފިޔާ

 • ހުޅުލެ - ހުޅުމާލެ 2 ވަނަ ފިޔަވަހީގެ ދަތުރެއްގެ އަގު -/75 ރުފިޔާ

 • ހުޅުމާލެ ފިޔަވަހި 1 - ހުޅުމާލެ ފިޔަވަހި 2 ގެ ދަތުރެއްގެ އަގު -/40 ރުފިޔާ

 • ހުޅުމާލެ ފިޔަވަހި 2 - ހުޅުމާލެ ފިޔަވަހި 1 ގެ ދަތުރެއްގެ އަގު -/40 ރުފިޔާ

ގްރޭޓަރ މާލެ ސަރަހައްދުގައި ޓެކްސީ ކުރާ އަގުތައް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއިން ކަނޑައަޅަން ފެށީ އަގުތައް ބޮޑުވުމުގެ ސަބަބުން އާންމު ރައްޔިތުންގެ ޝަކުވާ ކުރަމުންދިޔުމާއި ގުޅިގެންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.