ރާއްޖޭގައި ފައިސާ އެބަހުރި ކަމަށާއި، އެހެންކަމުން ކޮންމެހެން ރައްޔިތުންގެ އަތުން ޓެކްސް ނަގަން ނުޖެހޭނެ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރްޕީގެ ލީޑަރ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިންކަމް ޓެކްސް ނެގުމާއި ބެހޭ ބިލަށް ބަހުސް ކުރައްވަމުންނެވެ.

ޖާބިރު ވިދާޅުވީ، ޑީއާރްޕީގެ ވެރިކަމެއްގައި އިންކަމް ޓެކްސް ވެސް އަދި އެހެން ޓެކްސްއެއް ވެސް ނުނަގާނެ ކަމަށެވެ.

މީގެ އިތުރުން ޖާބިރު ވިދާޅުވީ، ހިންގަން އެނގޭ ބަޔަކާއި ހަވާލުކޮށްފިނަމަ، ޓެކްސް ނުނަގައިވެސް ޤައުމު ހިންގޭނެ ކަމަށެވެ.

"ހިންގަން އެނގޭ ބަޔަކާއި ހަވާލު ކުރުމުން ޓެކްސް ނުނަގައި މި ގައުމު ހިންގޭ ވަރަށް މި ގައުމުގައި ފައިސާ އެބަހުރި." ޖާބުރޔ ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ރާއްޖޭގައި ވައްކަން ކުރުމުގެ ނިޒާމު ފުޑާލަން ޖެހޭ ކަމަށެވެ.

"ޓެކްސް ނުނަގައި ވެސް ބަރާބަރަށް މިގައުމު ހިންގޭ ވަރަށް މި ގައުމުގައި ފައިސާ އެބަހުރި. ވައްކަން ކުރުމުގެ ނިޒާމް ފުނޑާލަންވީ." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވި ގޮތުގައި ޓެކްސް ނަގަނީ ދުނިޔޭގެ ތަހުޒީބު ޤައުމުތަކުގައެވެ.

"ޓެކްސް ނަގަނީ ދުނިޔޭގެ ތަހުޒީބު ގައުމުތަކުގައި. އަމާނާތްތެރިން ތިބޭ ގައުމުތަކުގައި. މި ގައުމުގައި އިންކަމް ޓެކްސްއެއް ނުނެގޭނެ. މި ބިލް އޮފް ލޯޑްކޮށް އެބޯޓް ކޮށްލަންވީ." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ދުޝްމަނު ވާން ވާނީވެސް ކައިރި ވެވޭ ވަރަށް ކަމަށާއި ލޯބި ވާން ވާންވާނީ ދުރުވެސް ވެވޭ ވަރަށް ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.